ޑޮމެސްޓިކް އެއާޕޯޓްތަކުގައި ޗެކިން ކުރުމުގައި ދިމާވާ މައްސަލަ ހައްލުކުރުމަށް ހަތަރު އެއާޕޯޓަކަށް އެކްސްރޭ މެޝިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ފޮނުވައިފި އެވެ.
ރީޖަނަލް އެއާޕޯޓް ކުންފުނިން އަންނަނީ ހަ ޑޮމެސްޓިކް އެއާޕޯޓެއް ހިންގަމުންނެވެ. އެއާޕޯޓްތައް ތަރައްގީ ކުރުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި ޑޮމެސްޓިކް އެއާޕޯޓުތަކުން ފޯރުކޮށްދޭ ހިދުމަތް އެދުވަހުން އަނެއް ދުވަހަށް ފެންވަރު ރަގަޅު ކުރުމަށް ރީޖަނަލް އެއާޕޯޓް ކުންފުނިން މަސައްކަތް ކުރަމުން އަންނައިރު ޗެކިން ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ރީޖަނަލް އެއާޕޯޓު ކުންފުނިން ވަނީ ހަތަރު އެއާޕޯޓަކަށް އެކްސްރޭ މެސިން ފޮނުވާފަ އެވެ.
އެކްސްރޭ މެޝިން ފޮނުވާފައި ވަނީ ކުޅުދުއްފުށި އެއާޕޯޓް، ފުނަދޫ އެއާޕޯޓް، މާވަރުލު އެއާޕޯޓް އަދި ފުވައްމުލައް އެއާޕޯޓަށެވެ.
މީގެ އިތުރުން ވެސް ރީޖަނަލް އެއާޕޯޓް ކުންފުނިން އަންނަނީ ރޭގަނޑު އެއާޕޯޓްތަކަށް ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އެއާޕޯޓްތަކުގައި ނެވިގޭޝަން ލައިޓް ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ރޯދަ ސިއްހަތު: ކަދުރުގެ ސިއްހީ އަޖާއިބުތައް!
"ނެސްލޭ"ގެ އުފެއްދުންތައް ބޭނުން ކުރުމުން ސްވަރާ ހޫނު ފެނަށް!
ގޭގައި ތިބެގެން މިހާރު ފުވައްމުލަކު މަސްމާރުކޭޓް ބަލާލެވޭނެ