މިފަހަރު މިއޮތީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެކަމަކު އަމިއްލައަށް ތައްޔާރު ކޮށްލަން ގިނަ ބަޔަކަށް އުނދަގޫ ކެއުމެކެވެ. މި ރެސިޕީ ތިޔަ ބޭފުޅުންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ.
ބޭނުންވާނެ ތަކެތި
(ކުކުޅު ތައްޔާރު ކުރުމަށް)
- 600 ގްރާމު ކުކުޅު
- 300 ގްރާމު ޔޯގަޓް
- 2 މޭޒުމަތީ ސަމްސާ ޖިންޖާ ގާލިކް ޕޭސްޓް
- 1 ސައި ސަމުސާ ލޮނު
- 1 ސައިސަމްސާ ދިރި/ދަވިއްގަނދު
- 1 ސައިސަމްސާ ރީނދޫ
- 1 ސައިސަމްސާ ޗިކަން މަސާލާ
- 1 ސައިސަމްސާ މުގުރި މިރުސް
- 3 ކަރަންފޫ
- 1 ސައިސަމްސާ ލުނބޯ ހުތް
(ބަތް ތައްޔާރު ކުރުމަށް)
- 1 ސައިސަމްސާ ދިރި
- 5 ކަރަންފޫ
- 2 ކާފޫރު ތޮޅި/ފޮނިތޮށި (ބައި އިންޗި)
- 500 ގްރާމު ހަނޑޫ
- 1 ސައި ސަމްސާ ލޮނު
- 1.5 ލީޓަރު ފެން
- 200 ގްރާމު ފިޔާ
- 2 ސައިސަމްސާ ޖިންޖާ ގާލިކް ޕޭސްޓް
- 250 ގްރާމު ޓޮމާޓޯ
- 1 ސައިސަމްސާ ޗިކަން މަސާލާ
- 1 ސައިސަމްސާ ދަވިއްގަނދު (މުގުރާފައި)
- 1 މިރުސް
- 1 ސައިސަމްސާ ރީނދޫ
- 1 ސައިސަމްސާ ލޮނު
- 1 ޖޯޑު ކިރު ފޮދެއް
- 1 ފިޔާ (ތެލުލާފައި)
- ތެޔޮ
ތައްޔާރު ކުރާނެ ގޮތް
- ތަށްޓެއްގައި ކުކުޅު ތައްޔާރު ކުރުމަށް ބޭނުންވާނެ ހުރިހާ އެއްޗެއް އެއް ކުރުމަށްފަހު އޭގެ ތެރެއަށް ކުކުޅު އަޅާ، ކުކުޅުތަކުގައި ޕޭސްޓް އުނގުޅާށެވެ. ދެން ދެ ގަޑިއިރު ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.
- ތެއްޔެއްގައި ތެޔޮފޮދު ހޫނުކޮށް، އޭގެ ތެރެއަށް ދިރި، ކަރަންފޫ، ކާފޫރުތޮޅި އަޅާ ތެލުލާށެވެ. އޭގެ ތެރެއަށް ހަނޑޫކޮޅު އަޅާލާ، ލޮނު ކޮޅުވެސް އަޅާށެވެ. ދެން ފެން އަޅައިގެން ބަތްކޮޅު ކައްކާލާށެވެ.
- އެހެން ތެއްޔެއްގައި ތެޔޮފޮދެއް ހޫނުކޮށް ފިޔާކޮޅު އަޅާ މުށި ކުލަ އަރަންދެން ހަނާކޮށްލާށެވެ. ޖިންޖާ ގާލިކް ޕޭސްޓް، ޓޮމާޓޯ އަޅައި އެއްކޮށްލާށެވެ. އޭގެ ތެރެއަށް ޗިކަން މަސާލާ، މިރުސް، ރީނދޫ، ލޮނު އަދި ދަވިއްގަނދު ކޮޅުއަޅައިގެން ހަނާކޮށްލާށެވެ.
- އެއަށްފަހު މި ހަވާދު ގަނޑު ތެރެއަށް މެރިނޭޓްކުރަން ބެހެއްޓި ކުކުޅު ކޮޅު އަޅާފައި އެއްކޮށްލާށެވެ. ކުކުޅު ކޮޅު ރޯފިލުމުން ބަތްކޮޅު އަޅައި އެއްކޮށްލާށެވެ. އޭގެ މައްޗަށް ތެލުލި ފިޔާކޮޅު އަޅާފައި އިރުކޮޅަކު ކައްކާލާށެވެ.