ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރުމުގެ ގޮތުން ސާވޭ ކުރަން ބޭނުންކުރި ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމުން ލިބުނު ގެއްލުން ބަލަން ފެށޭނީ އެ ސަރަހައްދަށް އެޅުނު ތަކެތި ނެގުމުން ކަމަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ވިލިމާލެ ފަރަށް އެރި އެ ޕްލެޓްފޯމް ނެގުނީ ފަރަށް އެރިތާ ތިން ހަފުތާ ފަހުންނެވެ. އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް އިން ބުނީ އެ މަސައްކަތް ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
އީޕީއޭއިން ބުނީ ޕްލެޓްފޯމުން ފަރަށް އެޅިފައި ހުރި ދަގަނޑު ފަދަ ތަކެތި ނެގުމުން އެ ތަނަށް ލިބިފައި ހުރި ގެއްލުންތައް ބަލަން ފަށާނެ ކަމަށެވެ. އެފްކޮންސް ކުންފުނިން އަންނަނީ އެތަކެތި ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ޕްލެޓްފޯމް ފަރަށް އެރިޔަސް ބްރިޖްގެ މަސައްކަތް ލަސްނުވެ ކުރިއަށްދާނެ ކަމަށެވެ.
ތިލަފުއްޓާއި ގުޅީފަޅު ވިލިމާލެ އަދި މާލެ ގުޅުވާލާ ބްރިޖްގެ މަސައްކަތް އެންމެ އެދެވޭ ސްޕީޑެއްގައި ކުރިއަށްނުދާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
ޑެންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެ: އެޗްޕީއޭ
ދިރާގުން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި
