ކުރީގެ މަޝްހޫރު ބަތަލާ އަދި ރިޝީ ކަޕޫރުގެ އަންހެނުން ނީތޫ ކަޕޫރު އިތުރު ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ރަންބީރު ކަޕޫރުގެ މަންމަ ނީތޫ ސޮއި ކުރި ފިލްމުގެ ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެންމެ ފަހުން ނީތޫ ފެނިގެން ގޮސްފައިވަނީ މިއަހަރުގެ ޖޫން މަހު ރިލީޒްކުރި "ޖުގް ޖުގް ޖިއޯ"ގެ ރޯލަކުންނެވެ. އަދި މީގެ އިތުރުން "ޑާންސް ދީވާނޭ"ގެ ޖަޖެއްގެ ގޮތުގައިވެސް ނީތޫ ވަނީ ފެނިގެން ގޮސްފަ އެވެ.

ނީތޫ އަލަށް އިއުލާނު ކޮށްފައިވާ ފިލްމުގައި ލީޑް ރޯލުން ފެނިގެންދާނީ ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި ދެކުނު ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ބަތަލާ ޝްރަދާ ސްރީނާތު އެވެ.

ޝްރަދާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ވިކްރަމް ވޭދާ" އާއި "ޖާޒީ" އަދި "މާރާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

https://www.instagram.com/p/CiHRO87rFwa/?utm_source=ig_embed&ig_rid=c4ad5398-a46b-44b2-8102-3431420fc362

ނީތޫ، 64، ބުނީ ލަޔަންސް ގޭޓް އިންޑިއާ ސްޓޫޑިއޯ އިން ހަދާ ފުރަތަމަ ފީޗާ ފިލްމަށް ސޮއިކުރީ ސްކްރިޕްޓް ކަމުދިޔަލެއް ބޮޑުކަމުން ކަމަށެވެ.

މިލިންދު ދައިމަދޭ ޑައިރެކްޓްކުރާ ފިލްމަކީ މަޔަކާއި ފިރިހރން ދަރިއަކާ ދެމެދު އޮންނަ ގުޅުން ދައްކުވައިދޭ ފިލްމެކެވެ.

މީ ރިޝީ މަރުވި ފަހުން ނީތޫ ސްކްރީނުން ފެނިގެންދާނެ ދެ ވަނަ ފިލްމެވެ.