ރީތީގެ މުބާރާތްތައް ކާމިޔާބު ކުރުމަށްފަހު ބޮލީވުޑަށް ނުކުތުމުން އެންމެނަށް ވެސް ހީވެފައި އޮތީ ޑިއާ މިރްޒާއަށް މަސައްކަތް ހޯދަން ފަސޭހަވާނެ ކަމަށެވެ. އެހެން ނަމަވެސް ޑިއާ މިވަނީ އެހެން ތަރިންތަކޭ އެއްފަދައިން މަސައްކަތް ހޯދުމުގައި އޭނާއަށް އުނދަގޫތަކެއް ދިމާވިކަން ހިއްސާކޮށްފަ އެވެ.
"އަހަރެންގެ ސިފަ ވީ އަހަރެންގެ ޑިސްއެޑްވާންޓޭޖަކަށް. އަދި ފިލްމީ ދާއިރާގައި ދިމާވި ގޮންޖެހުމަކަށް. ބައެއް ފަހަރު އަހަންނަށް ފިލްމު ކުޅެން ފުރުސަތު ނުލިބި، ވަޒީފާ ގެއްލިފައި އެބަހުރި އަހަރެން މާ ރީތި ވުމުން،" ޑިއާ މިރްޒާ ބުނެފައިވެ އެވެ.
މިހާރު އުމުރުން 38 އަހަރުގެ ޑިއާ މިރްޒާ ފިލްމީ ދާއިރާއަށް ނުކުމެފައިވަނީ 2000 ވަނަ އަހަރު ބޭއްވި މިސް އޭޝިއާ ޕެސިފިކް ކާމިޔާބުކުރުމަށްފަހު 2001 ވަނައަހަރު ނެރުނު ފިލްމު "ރެހެނާ ހޭ ތޭރޭ ދިލް މޭ" އިންނެވެ.
ކެޓްރީނާގެ އުފަން ދުވަހު ލައިގެން ހުރި ހެދުމުގެ އަގު އެނގޭތަ؟
ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ރޮޑްރީއަށް
"ދަ އޮޑިސީ"ގެ ކާމިޔާބަށްފަހު ކްރިސްޓޮފާ 3 އަހަރުގެ ބްރޭކް އަކަށް!

މިވެސް ޙަބަރެއްތަ ؟ ބޮއި ހަލާޚު