އަދަދު ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި، ޖަލުގައި ބަންދުކުރި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާންގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ކުޑަތަންވެފައި ވަނިކޮށް ހައިކޯޓުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
މި މައްސަލައަކީ ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑާ ގުޅޭ ޚަބަރެއް ރިޕޯޓުކުރުމުން ލީވާން ކޯޓުގެ ހުރުމަތް ކަނޑިކަމަށް ކަނޑައެޅި މައްސަލައާއި، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ކުރެއްވި ސުވާލެއް އެ އަމުރާ ހިލާފުވާ ކަމަށް ބުނެ ޝަހުޒާން މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފެވެ.
މިއަދު ހެނދުނު 10:15 އަށް ސިއްރުކޮށްގެން ބޭއްވުމަށް ތާވަލުކުރި މި އަޑުއެހުން ކެންސަލްކުރިކަން ހައިކޯޓުން އެންގީ، އަޑުއެހުމަށް ނޫސްވެރިންނާއި އެ ނޫސްވެރިންގެ ވަކީލުން ކޯޓަށް ހާޒިރުވެ ތިއްބަ އެވެ.
ނޫސްވެރިންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޕީޖީ ހުސައިން ޝަމީމް ހާމަކުރެއްވި ގޮތުގައި، ކޯޓުން ބުނެފައި ވަނީ އަޑުއެހުން ކެންސަލްކުރަން ޖެހުނީ އިދާރީ މައްސަލައަކާ ގުޅިގެން ކަމަށާއި، ދެން އަޑުއެހުން ބާއްވާނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުގައި ވެސް ސިއްރުކޮށްގެން ހިންގި ޝަރީއަތްތަކަކަށް ފަހު، ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރި އެވެ. ނަމަވެސް އެ ނޫސްވެރިންގެ ޖަލު ހުކުމުގެ މުއްދަތު މިހާރު ހަމަވެފައިވާތީ، ދެ ނޫސްވެރިން ވެސް ވަނީ ބަންދުން މިނިވަންވެފަ އެވެ.
ޕްރިޔަންކާގެ އުފަން ދުވަހާ ދިމާކޮށް ނިކްގެ ލޯބި މެސެޖެއް!
ވޯލްޑް ކަޕްގެ ރަންބޫޓު ދެ ފަހަރު ހޯދި ކުޅުންތެރިޔަކަށް އެމްބާޕޭ
ބީއެމްއެލްގެ ކޯ ބޭންކިން ނިޒާމު ފިނަސްޓްރާ އިން ޒަމާނީކުރަނީ