ވިިމާލޭ ހޮސްޕިޓަލުން އަނެއްކާވެސް މުއްދަތު ހަމަވެފައިވާ ވެކްސިން ކުޑަކުއްޖެއްގެ ގަޔަށް ޖަހައިފިއެވެ.
އެ ކުއްޖާގެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އެކުއްޖާގެ ގަޔަށް ވެކްސިން ޖަހާފައި ވަނީ އުމުރުން އެންމެ ހަތަރު މަހުގައި ކަމަށެވެ.
އެ ކުއްޖާގެ އުމުރުން މިހާރު އަށް މަސް ވެފައިވާއިރު، ކުރިން ޖެހީ މުއްދަތު ހަމަވެފައިވާ ވެކްސިން ކަމަށް އެ ހޮސްޕިޓަލުން މިއަދު އާއިލާއަށް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން މިތީ ވަރަށް ކަންބޮޑުވެފަ. ދެން އެ ކުއްޖާއަށް ފަހުން ވާނީ ކިހިނެތޯ. ސިއްހީގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެއްޔާ ކާކުތޯ މިކަމުގެ ޒިންމާ ނަގާނީ،" އާއިލާއިން ވާހަކަދެއްކި މީހަކު ބުންޏެވެ.
މީގެކުރިން ވެސް ވިލިމާލޭ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ޖެހި މައްސަލައެއް ފެންމަތިވި އެވެ. އޭރު ވަނީ އެ ވެކްސިން ދިން މުވައްޒަފުން ސަސްޕެންޑުކޮށްފަ އެވެ.
ސްޓޭޑިއަމް ބިމުގެ މައްސަލަ: ކޯޓުން ބޭރުން ހައްލުކުރަން މުއްދަތެއް
ރަތް ކަނޑުގެ މަގު ބަންދުކުރަން އީރާނުން ހޫތީންނަށް އަންގައިފި
"ދަ ބެޓްމޭން 2" އަނެއްކާ ވެސް ފަސްކޮށްފި

އެ ހޮސްޕިޓަލުގައި އުޅެނީ މޮޔައިންތަ ނުވަތަ ބީތާއިންތަ