ބޮލީވުޑްގެ ބަތަލާ ސަނީ ސަނީ ލިއޯން ރާއްޖެ އަތުވެއްޖެ އެވެ.

ފިލްމުތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތައް ވެސް ހުށައަޅައިދީފައިވާ ސަނީ މިފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ފުރަވެރި ރިސޯޓްގަ އެވެ.

ސަނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާއިރު މިދިޔަ ޖޫން މަހު ވަނީ ސަނީއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ސަނީ ލިއޯންގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އާއި އިތުރު ފަންނާނުންނާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ ޕޯސްޓްގައިވާ ގޮތުން ސަނީ ލިއޯން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 16 އިން 19 އަށެވެ.

ބޮލީވުޑްގެ އެކްޓަރު ސަނީ ލިއޯން އާދިއްތަ ދުވަހު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ | ހުރިހާ

އަދި މި ޗުއްޓީ ދަތުރު މެނޭޖުކުރަނީ އިންޑިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އޭޒް ޔޫ ޕްލޭން" އިން ކަމަށް ވެސް އެޕޯސްޓްގައި ވަނީ ބުނެފަ އެވެ. އެ ފުރުސަތު ހޯދުމަށް ޖެހެނީ "އޭޒް ޔޫ ޕްލޭން" ގެ ވެސްބައިޓަށް ގޮސް، ރަޖިސްޓްރީވެ ބުކިން ހައްދާށެވެ.

https://www.instagram.com/p/Cib7OScDydU/

"ޓްރެޒާ އައިލެންޑް ވެކޭޝަން ވިތު ސަނީ ލިއޯން - މޯލްޑިވްސް އެޑިޝަން" ކިޔާ އެ ޕްލޭންގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނީ ރާއްޖޭގެ ޕްރައިވެޓް އައިލެންޑެއް (ރިސޯޓެއްގައި) ކަމަށް ވެސް ބުންޏެވެ.

ސަނީ ބޮލީވުޑަށް ނުކުތީ 2012 ގެ "ޖިސްމު 2" އިންނެވެ.

ބޮލީވުޑްގެ އެކްޓަރު ސަނީ ލިއޯން އާދިއްތަ ދުވަހު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ | ހުރިހާ

ސަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެ އެވެ. އެންމެ ފަހުން ސަނީ ރާއްޖެ އައިސްފައި ވަނީ އޭޕްރިލް މަސް ތެރޭގަ އެވެ. އެފަހަރު ރާއްޖެ އައިސްފައި ވަނީ ފިރިމީހާ ޑޭނަލް ވެބާއި ކުދިންތައް ވެސް ގޮވައިގެންނެވެ.