ރޯހިތު ޝެޓީ އަކީ ބޮލީވުޑްގެ މަޝްހޫރު އެއް ޑައިރެކްޓަރެވެ. "ގޯލްމާލް" އަދި ކޮޕް ޔުނިވާސް ފިލްމު ފްރެންޗައިޒް އެތަކެއް ފިލްމުތަކެއް އުފައްދައި ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދާފަ އެވެ. އެކްޝަން އާއި ލޯބީގެ އަދި ކޮމެޑީ ފިލްމުތައް އުފެއްދުގައި ރޯހިތު ޝެޓީ ވަރެއް ނެތެވެ.

ރިއަލިޓީ ޝޯ ވެސް ހުށައަޅައިދެމުން އަންނަ ކުޅަދާނަ ޑައިރެކްޓަރު ރޯހިތުގެ ފިލްމުތަކުގެ ތެރޭގައި "ބޯލް ބައްޗަން"، ޗެންނާއި އެކްސްޕްރެސް"، "ސިންގަމް" އަދި "ދިލްވާލޭ" ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެ އެވެ. މިފިލްމުތަކަކީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ފިލްމުތަކެކެވެ.

އެކްޝަން މަންޒަރުތައް ހިމެނޭ ފިލްމުތައް އުފެއްދުމުގެ އިތުރުން ރޯހިތް ޝެޓީއަކީ އެކި ކަހަލަ ކާރަށް ލޯބިކުރާ ފަރާތްތަކެވެ. އެގޮތުން އޭނާ ވަރަށް ގިނަ އަދަދެއްގެ ކާރު ގަނެފައިވާކަންވެސް ފާހަގަ ކޮށްލެވެ އެވެ. އަދި ރޯހިތް ޝެޓީ ކާރު ކަލެކްޝަންގައި އަގު ބޮޑެތި ކާރުތައް ހުރެ އެވެ. އޭނާގެ ކަލެކްޝަނަށް ބަލާލަމާ ހިނގާށެވެ.

ލޭންޑް ރޯވާ ރޭންޖް ރޯވާ ވޯގް އަކީ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ މެދުގައި އެންމެ މަގުބޫލު އެއް އެސްޔޫވީ އެވެ. ރޯހިޓް ޝެޓީގެ ލޭންޑް ރޯވާގައި "555" ލިޔެފައިވާ ހާއްސަ ނަންބަރު ޕްލޭޓެއް ވަނީ ހަރުކޮށްފަ އެވެ. ރޯހިތުގެ ގިނަ ދަތުރުތަކުގައި އެސްޔޫވީ ބޭނުންކުރެ އެވެ. ލޭންޑްރޯވާ އިން މިހާރު ވަނީ އާ ޖީލުގެ ރޭންޖް ރޯވާ ނެރެފަ އެވެ. އެއީ ގާތްގަނޑަކަށް 2.5 ކްރޯޑް ރުޕީސް އެވެ.

2019 ވަނަ އަހަރު ގަތް ލަގްޒަރީ ސްޕޯޓްސް ކާރު (ލަމްބޮގީނީ އުރޫސް)ގެ ބަރުދަނުގައި 2.2 ޓަނު ހުއްޓަސް ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ދަތުރުކުރެ އެވެ. މިކާރުގެ އަގަކީ 3.5 ކްރޯޑް ރުޕީސް އެވެ.

ރޯހިތު ޝެޓީގެ ފޯޑް މަސްޓެންގް ޖީޓީއަށް ވަރަށް ބޮޑަށް ވަނީ މޮޑިފައިކޮށްފަ އެވެ. މިއީ އިންޑިއާގައި މިކާރު މިހާ ބޮޑަށް ބަދަލުތަކެއް ގެނައި ފުރަތަމަ ފަހަރު އެވެ. މި ކާރަކީ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ މެދުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފޭވަރިޓް ކާރެކެވެ.

ރޯހިތު އެންމެ ގިނައިން ދަތުރުކުރާތަން ފެންނަނީ ބީއެމްޑަބްލިއު 7 ސީރީޒެއް ކާރެއްގަ އެވެ. ހުދު ކުލައިގެ މިކާރުގެ ނަންބަރަކީ "555" އެކެވެ

ހުދުކުލައިގެ މަސެރާޓީ ގްރާން ސްޕޯޓް ކާރަކީ ވެސް ރޯހިތުގެ އަގު ބޮޑު ކާރު ކަލެކްޝަންގައި ހިމެނޭ ކާރެކެވެ.

ފަސް މީހުންގެ ޖާގައިގެ އެސްޔޫވީ އަކީ އޭނާގެ އަގުބޮޑު ކާރު ކަލެކްޝަނަށް އެންމެ ފަހުން އިތުރުކުރި އެސްޔޫވީ އެވެ. ޒީނިއުސްގެ ރިޕޯޓެއްގައިވާ ގޮތުން ރޯހިތު މާސެޑެސް-އޭއެމްޖީ ޖީ 63 އެއް ގަނެފައިވަނީ 2.55 ކްރޯޑް ރުޕީސް އަށެވެ.