ކެރިއަރު ބަދަލުވެގެންދިޔައީ އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޓީވީ ސިލްސިލާއެއްކަމަށްވާ "ކަސޯޓީ ކުޅުނު ހިސާބުންކަމަށް އެފިލްމުގެ ބަތަލުގެ ރޯލު ކުޅުނު ރޯނިތު ރޯއި ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތުދެމުން ރޯނިތު ބުނީ، އެކްޓިންގެ ހަޔާތުގައި އުސްގަނޑުތަކާއި އަޑިގަނޑުތައް އޭނާ ދެކެފައިވާކަމަށެވެ.

އެގޮތުން އޭނާ މިއަދު ހުރި މަގާމަށް ވާސިލްވުމަށް އެހީތެރިވެދިނީ އޭރު ގިނަ ބައެއްގެ ތެރޭގައި މަގުބޫލުވި ޑްރާމާ ކަސޯޓީކަމަށް ރޯނިތު ވަނީ ބުނެފަ އެވެ.

ރޯނިތު ފާހަގަކުރިގޮތުގައި ކަސޯީ ކުޅުނު ފަހުން އޭނާއަށް އެހެނިހެން ޑްރާމާ ތަކުގައާ ފިލްމުތަކުގައި މުހިންމު ރޯލުތަކުން ޖާގަ ލިބުނެވެ.

ކަސޯޓީ އަކީ 2001 ވަނަ އަހަރު ސްޓާ ޕްލަސް އިން ގެނެސްދިން ޑްރާމާ އެކެވެ.

އެޑްރާމާއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާއިރު، ދިވެހިންނަށް ކަމުދިޔަ ޑްރާމާއެއްގެ ގޮތުގައިވެސް ކަސޯޓީ ހިމެނެ އެވެ.