މ. މުލަކުގައި ފުލުހެއްގެ ސައިކަލެއްގައި ރޯ ކޮށްލި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މުލަކުގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައި އަންދާލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރިއަށް ގެންދާކަމަށް ފުލުހުން ބުންޏެވެ.
މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ސައިކަލު ފުލުސް މީހާ ދިރިއުޅޭ ގޯތި ކައިރީގައި ބަހައްޓާފައިވަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.
އެނގިފައިވާ ގޮތުގައި އެ ފުލުހަކީ މުލަކު އަންހެނަކާއި ކައިވެނިކޮށްގެން އުޅޭ މީހެކެވެ. އޭނާގެ ސައިކަލުގައި ރޯކޮށްލި ސަބަބެެއް އެނގިފައެއް ނުވެ އެވެ.
ފުލުހުންނަށް އާންމުންގެ ފަރާތުން އިންޒާރުދީ، ފުލުހުންގެ ތަކެއްޗަށް ގެއްލުން ދިނުން މިހާރު ވަނީ އާންމުވެފަ އެވެ. އެފަދަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެފައިވެ އެވެ.
ބެލުންތެރިންގެ މަގުބޫލު "އޮފް ކެމްޕަސް" ބަލައިފިންތަ؟
"އެފް 1" ސީކުއަލްއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިދާނެ!
ގާއްޒާގެ އީދު: ދަތިތަކާއެކު ހިތްދަތި އީދެއް
