ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، އަންނަ އަހަރު ބާއްވާ 95 ވަނަ އެކަޑަމީ "އޮސްކާ" އެވޯޑް ހޯސްޓަށް ޖިމީ ކިމެލް ހަމަޖައްސައިފި އެވެ. މިއީ ޖިމީ މި އެވޯޑް ޝޯ ހޯސްޓްކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން އެ އެވޯޑް ޝޯ ހޯސްޓްކުރީ 2017 ގައި އާއި 2018 ގަ އެވެ.

ޖިމީ ކިމެލް ބުނީ އޮސްކާ ހޯސްޓްކުރުމަށް ތިންވަނަ ފަހަރަށް ދައުވަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ނޫނީ "މަޅި"އެއް ކަމަށެވެ.

"ކޮންމެ ގޮތަކަށް ވިޔަސް، ހުރިހާ މޮޅެތި މީހުން މިކަމަށް ނޫނެކޭ ބުނީމަ އެހާ އަވަހަށް ދައުވަތު ފޮނުވީތީ އަހަރެން ދި އެކަޑަމީ އަށް ވަރަށް ޝުކުރު އަދާކުރަން،" ޖިމީ ބުންޏެވެ.

ޖިމީ އަކީ ކޮމެޑިއަން އަދި "ޖިމީ ކިމެލް ލައިވް" ގެނެސްދޭ ޓޯކް ޝޯ ހޯސްޓެކެވެ. މި ޝޯއަކީ ސެލެބްރިޓީން ވެސް ވަރަށް ގިނައިން އަރާ ޝޯއެކެވެ.

މިދިޔަ އަހަރުގެ ޝޯގައި ވިލް ސްމިތް ކްރިސް ރޮކް އޭނާގެ އަންހެނުން ޖޭޑާ ޕިންކެޓް ސްމިތަށް މަލާމާތުގެ ޖޯކެއް ޖެހުމުން، މޫނު މަތީގައި ޖަހާފައި ވާތީ، މި ކަން ވަނީ މުޅި ދުނިޔެ ހައިރާންކޮށްލާފަ އެވެ.

މި ހާދިސާގެ ނަތީޖާއަކަށްވީ ސްމިތުއަށް އެކަޑަމީގެ އެއްވެސް އިވެންޓަކަށް ނުވަތަ ޕްރޮގްރާމެއްގައި ބައިވެރިވުން 10 އަހަރަށް މަނާކުރުމެވެ.

2023 ވަނަ އަހަރުގެ އޮސްކާ އެވޯޑް ދައްކާނީ މާޗް 12 ވާ އާދީއްތަ ދުވަހު އެވެ.