ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިހާންގެ ޕާސްޕޯޓް ހިފެހެއްޓީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ސީދާ ކޮން މައްސަލައެއް ކަމެއް ތަހުގީގީ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެސެޓް ރިކަވަރީ ކޮމިޝަނަށް ނިހާން ހާޒިރުކޮށްފައިވެ އެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި ބައެއް ބޭފުޅުންގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދު ވިދާޅުވިތާ އެތަކެއް މަހެއް ފާއިތުވެގެން ދިޔައިރުވެސް ދައުވާ ކޮށްފައެއް ނުވެ އެވެ.
އެ މައްސަލާގައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނަށް ވެސް ތުހުމަތު ކުރެވޭއިރު، އެ މެމްބަރުންގެ މައްސަލަތައް ކޮމިޝަނުން ނުބަލާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތަފްސީލް އަންނަނީ...