ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަދި ކުރިއަރަމުން އަންނަ ބަތަލާ އާތިޔާ ޝެޓީ އާއި މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހުލް އަންނަ އަހަރުގެ ޖެނުއަރީގައި ކައިވެނި ކުރުމަށް ނިންމައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާތިޔާ އާއި ރާހުލްގެ ކައިވެނީގެ ހުރިހާ ކަމެއް މިހާރު ހަމަޖެހިފައިވާއިރުދެ، ފަރާތުގެ އާއިލާއިން އަންނަނީ ކައިވެނީގެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ކައިވެނި ބޭއްވުމަށް ހަމަޖެހިފައިވަނީ މުމްބައީގައި ހުންނަ އަނިލް ޝެއްޓީގެ ގޭގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ކައިވެންޏަށް ފަހު އާތިޔާ އާއި ރާހުލް ދިރިއުޅުން ބަދަލުކުރާނީ މުމްބާއީގެ ޕްލަސް ޕާލީގައި ހުންނަ ސަންދު ޕެލަސް ނަމަކަށް ކިޔާ އިމާރާތަކަށެވެ. އެ އިމާރާތުގެ ފިނިޝިން މަސައްކަތް އަދިވެސް މުޅިން ނުނިމޭ ކަމަށް ވެ އެވެ.

2015 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހީރޯ" އިން ބޮލީވުޑަށް ތައާރަފްވި އާތިޔާ އާއި ކޭއެލް ރާހޫލް ރައްޓެހިވެގެން އުޅާތާ މިހާރު ތިން އަހަރު ވަނީ ވެފަ އެވެ.

ދެމީހުންވެސް ގިނައިން ޗުއްޓީއަށް ދަނީ އެކަކު އަނެކަކާ އެކުގައެވެ. ވަރަށް ގިނައިރު ދެމީހުންގެ ގުޅުން ސިއްރުކޮށްގެންނެވެ. އާތިޔާ ގިނަ ފަހަރަށް ފެންނަނީ ކޭއެލް ރާހުލްއާ އެކު އޭނާގެ ބައިނަލްއަގްވާމީ ކްރިކެޓް މެޗުތަކުގަ އެވެ.