ދޯހާ (5 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިރޭ ޖަޕާން އަތުން ޕެނަލްޓީ ޖަހައިގެން 3-1 އިން މޮޅުވެ، ކްރޮއޭޝިއާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.
މެޗުގެ 43 ވަނަ މިނިޓުގައި ޖަޕާނުން ލީޑު ނެގީ ޑައިޒެން މައޭޑާ ޖެހި ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު ކްރޮއޭޝިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އީވާން ޕެރިސިޗް ކާމިޔާބުކުރި ލަނޑުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އެކްސްޓްރާ ޓައިމްގެ ދެ ހާފުގައި ވެސް ނަތީޖާ އަށް ބަދަލެއް ނަ އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާގެ ބަތަލަކަށްވީ އެ ޓީމުގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް އެވެ. ޖަޕާންގެ ތިން ޕެނަލްޓީ ލިވަކޮވިޗް ވަނީ ދިފާއުކޮށްފަ އެވެ. ކްރޮއޭޝިއާގެ ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބުނުވީ އެންމެ ޕެނަލްޓީއެކެވެ.