ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ އެ މީހުންގެ އަލަތު ދަރިފުޅު ލިބުނީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. ބިޕާޝާ އާއި ކަރަންގެ ދަރިފުޅަށް ކިޔާ ނަމަކީ ދޭވީ ބާސޫ ސިންގް ގްރޯވަރު އެވެ.

ބިޕާޝާ އެންމެ ފަހު މިވަނީ އޭނާގެ ދަރިފުޅާއެކު ކަރަން ނިދާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދޫކޮށްލާފަ އެވެ. އެ ޕޮޓޯ ހިއްސާ ކުރަމުން ބިފާޝާ ބުނެފައި ވަނީ މިއީ ލޯބި ކަމަށެވެ. އަދި ދަރިފުޅާއި ކަރަން އެއްކޮށް ފެނުމުން އޭނާގެ ހިތް ލޯބިން ފުރިއްޖެ ކަމަށް ބުނެފައިވެ އެވެ.

ބިޕާޝާ އިންސްޓަގްރާމްގައި ހިއްސާ ކުރި ފޮޓޯ

މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ ވަނީ ބިޕާޝާ އާއި ކަރަންގެ އަންހެން ދަރިފުޅަށް ހާއްސަ ހަދިޔާއެއް ވެސް ފޮނުވައިފަ އެވެ. ސޯނަމްގެ އަލަތު ދަރިފުޅު ލިބުނީ މިއަހަރު އެވެ. އެއީ ފިރިހެން ކުއްޖެކެވެ.

ބިޕާޝާ އާއި ކަރަން ކައިވެނިކުރީ 2016 ވަނަ އަހަރު އެވެ. އޭނާ އާއި ކަރަން އާ ދިމާވަނީ ފިލްމް އެލޯންގެ ސެޓް އިންނެވެ.