ދާރުއްސަލާމް (08 ޑިސެމްބަރު) - އިޒްރޭލުގެ އިންތިހާބީ ބޮޑުވަޒީރަށް މަޖިލީހުގެ ތާއީދު ލިބި ގުޅިފައިވާ ސަރުކާރަކާ ގާތަށް ޖެހިލައިފި އެވެ.

ނަތަންޔާހޫއަށް މަޖިލީހުގެ ތާއީދު ލިބިފައި މިވަނީ އޭނާ ނިސްބަތްވާ ލިކުޑް ޕާޓީއިން ޝަސް ޕާޓީއާއެކު ކޯލިޝަން ހަދަން އެއްބަސްވުމާއެކުގަ އެވެ.

ނަތަންޔާހޫގެ ކަނާތު ފިޔައިގެ ކޯލިޝަނުން ވަނީ މިިދިޔަ ފަސް އަހަރު ތެރޭގައި އިޒްރޭލުގައި ބޭއްވި ފަސްވަނަ އިންތިހާބުން ބޮޑު ކާމިޔާބެއް ހޯދައި އަނބުރާ ވެރިކަމަށް އައިސްފަ އެވެ.

ނަތަންޔާހޫއަށް ބޮޑުވަޒީރުކަން އަލުން ލިބިފައި މިވަނީ ކުރު މުއްދަތަކަށް އޭނާއަށް މަގާމު ގެއްލި އެ މަގާމުގައި ޔައިރް ލެޕިޑް ދުވަސްތަކެއް ހޭދަ ކުރުމަށްފަހުގަ އެވެ.

ޝަސް ޕާޓީއާއެކު ވެވުނު ކޯލިޝަނުގެ ދަށުން މަޖިލީހުގެ 120 ގޮނޑީގެ ތެރެއިން 64 ގޮނޑިއާއެކު ނަތަންޔާހޫއަށް ވަނީ އެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ލިބިފަ އެވެ.

އަދި އޭގެ ބަަދަލުގައި ޝަސް ޕާޓީއަށް ސަރުކާރުގެ އިސް ބައެއް މަގާމުތައް ދޭން ވެސް ވަނީ އެއްބަސް ވެފަ އެވެ. -- އަލް އަރަބިއްޔާ