ތެލް އަވީވް (15 ޖެނުއަރީ) އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އާ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެތައް ހާސް ރައްޔިތުންނެއް މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.

އިޒްރޭލުގެ އާއްމު ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަން ފަށާފައި މިވަނީ ނަތަންޔާހޫގެ ސަރުކާރުން އެގައުމުގެ ގާނޫނީ ނިޒާމުގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓު އުވާލަން މަސައްކަތް ކުރުމާ ގުޅިގެންނެވެ.

މިހާރު ކުރިއަށްދާ މުޒާހަރާ ތަކަކީ ނަތަންޔާހޫއާއި އަލަށް އިންތިހާބު ކުރެވުނު އޭނާގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮން ޖެހުމެވެ. ސަރުކާރުން މިހާރު ވަނީ މުޒާހަރާ ރޫޅާލައި ބޭނުން ޖެހިއްޖެނަމަ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަން ފުލުހުންނަށް އަމުރު ކޮށްފަ އެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ނަތަންޔާހޫ އަންނަނީ އޭނާގެ މައްސަލަ ކޯޓުން ބޭރު ކުރުމަށްޓަކައި ގާނޫނީ ނިޒާމަށް ބާރު ފޯރުވަން މަސައްކަތް ކުރަމުންނެވެ.

ނަތަންޔާހޫގެ މި މަސައްކަތަށް އެގައުމުގެ ވައަތު ފިޔައިގެ ސަޕޯޓަރުންނާއި ޕާޓީތަކުން ހުރަސް އަަޅަން މަސައްކަތް ކުރާއިރު މި މުޒާހަރާތަކަކީ އެ މަސައްކަތުގެ ބައެކެވެ. -- އަލް އަރަބިއްޔާ