އިންސާނާގެ ހަށިގަނޑުގެ 60 ޕަސެންޓަކީ ފެން ކަމަށް ވީ ހިނދު ދުވާލަކު މަދުވެގެން ދެ ލީޓަރު ފެން ބޯން ޖެހޭނެ ކަމަށް ކަމާބެހޭ މާހިރުން އަބަދުވެސް ވިދާޅުވެ އެވެ. ދުވާލަކު 2.5 ލީޓަރަށް ވުރެ ގިނައިން ފެން ބޯނަމަ އަހަރެމެންގެ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ވެސް ކުރުވަ އެވެ.
ދުވާލެއްގެ މައްޗަށް ބޮވޭ ކޮފީތަކާއި ސައިތަކުގައި އެކުލެވޭ ކެފެއިން ގެ ސަބަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވެ އެވެ. އެހެންކަމަށް ވުމާއެކު މި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ މުހިންމު ކަމެކެވެ.
އެއާއެކު ދުވާލަކު ދެ ލީޓަރު ފެން ބޯ ނަމަ ކިޑްނީ ސާފުކޮށްދީ، ހަޖަމް ކުރަން އެހީވެދެއެވެ. ހަމައެހެންމެ ގައިގައި ވަރުޖެހި ހަންގަނޑު ވެސް ރީތިކޮށްދެ އެވެ.
މީގެ އިތުރުންވެސް ފެން ބުއިމުން ލިބޭ ފައިދާ ތަކުގެ ތެރޭގައި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމާއި ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދިނުމާއި ބޮލުގައި ރިހުން ފަދަ ތަފާތު އެކި އެކި ސިއްހީ މައްސަލަތަކުން ދުރުކޮށްދެ އެވެ.
ދެ ލީޓަރު ފެނަކީ އާއްމުކޮށް ފެން ބޯން ބޭނުންކުރާ ތަށީގެ ގާތްގަނޑަކަށް ނުވަ ވަރަކަށް ތަށްޓެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ވެސް މި އަދަދަށް ފެން ބުއިން މުހިއްމެވެ.