ސްޓެލްކޯއިން ހުޅުމާލޭގައި ދެމުން އައި ކަސްޓަމާ ސާވިސް ހިދުމަތްތައް ހުޅުމާލޭގެ އެޕޯލޯ ޓަވަރަށް ބަދަލުކޮށްފި އެވެ.
ސްޓެލްކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ކުންފުނިން ހުޅުމާލޭގައި ކަސްޓަމާ ސާވިސް ހިދުމަތް ފޯރުކޮށްދެމުން ދިޔަ އޮފީސް އެޗްޑީސީ ބިލްޑިންގުން ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ އެޕޯލޯ ޓަވަރަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިގޮތުން އެ އޮފީހުން ދެމުން އަންނަ ހުރިހާ ހިދުމަތެއް މާދަމާއިން ފެށިގެން ދޭނީ އެޕޯލޯ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެކުންފުނީގެ އާ ކަސްޓަމާ ސާވިސް އޮފީހުން ކަމަށް އެކުންފުނިން ބުނެ އެވެ.
ސަރުކާރުގެ ގިނަ ކުންފުނިތަކުން ހުޅުމާލޭގައި ހިދުމަތް ދޭން ކަސްޓަމާ ސާވިސް އޮފީސްތައް އަންނަނީ ހުޅުވަމުންނެވެ.
ކުޅުދުއްފުށީ ޕެރޭޑުން ފެނުނީ އެ މީހުންގެ ކުޅަދާނަކަން: ޖަމީލް
މާލޭގެ ގެއެއްގައި ރޯވެ އަނިޔާވި ހަތަރު މީހަކަށް ފަރުވާދެނީ
ރަންވީރުގެ ކުރިން ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުން ވަކިވި ތަރިން!