ތުރުކީއަށް މިއަދު އައި ބިންހެލުންތަކުގައި ނިޔާވި މީހުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ނުރްޑަގީ ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާއިރު، އޭގެ ފަހުން ވެސް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެ އެވެ.

ތުރުކީއަށް އައި ބިންހެލުމުގައި އަވަށްޓެރި ގައުމުތަކަށް ވެސް އަސަރުކޮށްފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ފެންނަނީ ސީރިއާއިންނެވެ. އަދި މި ބިންހެލުމުގައި ސީރިއާ އިން މަރުވި މީހުންގެ އަދަދު ވަނީ 700 އަށް ވުރެ މައްޗަށް އަރައިފައިވެ އެވެ.

މިކަމަށް އިޝާރާތްކުރައްވައި ޓުވީޓް ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ތުރުކީއަށް އައި ބިންހެލުންތަކުގެ ސަބަބުން ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ. އަދި މި ހާލަތުގައި ތުރުކީގެ ސަރުކާރާއެކު ރާއްޖެވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

މި ބިންހެލުމަކީ ފާއިތުވެދިޔަ 100 އަހަރު ތެރޭގައި ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް އެގައުމު އިދާރާތަކުން ބުނާއިރު 1999 ވަނަ އަހަރު އައި ބިންހެލުމެއްގައި އެ ގައުމުން 1800 މީހުން މަރުވެފައިވެ އެވެ.

ބިންހެލުމުގެ އަސަރުކުރި މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށް އެމެރިކާ، ޔޫކްރެއިން އަދި އިޒްރޭލްއިން ވެސް ވަނީ ބުނެފަ އެވެ. -- އަލް އަރަބިއްޔާ