ދުނިޔޭގެ ރީތީގެ ލަގަބު ހޯދާފައިވާ ޝުޝްމީތާ ސިންގްއަކީ ބޮލީވުޑްގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފަންނާނެކެވެ. އޭނާގެ އެންމެ ފަހުން ފެނިގެން ދިޔަ ވެބް ސީރީޒް އެއް ކަމަށްވާ އާރްޔާ އަށް ވަނީ ހޫނު ތަރުހީބެއް ލިބިފަ އެވެ.

ގިނަ ބަޔަކު ލޯބިކުރާ ސުޝްމިތާގެ އެކި މައުލޫމާތުތަކަކީ އޭނާގެ ފޭނުން ބަލައި ހޯދަން ބޭނުންވާ މައުލޫމާތުތަކެކެވެ. ރީތީގެ ރާނީއަކަށް ވުމުގެ ސަބަބުން އޭނާގެ މިޒާޖާއި ހެދުން އެޅުމުުގައި ގެންގުޅޭ ސްޓައިލަކީ ގިނަ އަންހެން ކުދިން ނަކަލުކުރާ ކަންކަމެވެ.

ނަމަވެސް ސުޝްމިތާގެ ފަރާތުން ފެންނަ އެއް ކަމަކީ ގިނަ ބަޔަކަށް ނަކަލު ކުރަން އެންމެ އުނދަގޫވާނޭ އެއް ކަމެއްކަމީ ޝައްކެއްވެސްނެތް ކަމެކެވެ. ސަބަބަކީ، އެއީ ގިނަ ބަޔަކު ފަސްޖެހޭނެވަރުގެ ކަމަކަށް ވުމެވެ.

ސުޝްމިތާ އަކީ އެކި ބާވަތްތަކުގެ ހަރުފައަށް ލޯބިކުރާ ތަރިއެކެވެ. އޭނާއަށް ހަރުފަ ކަމުދާތީ ގޭގައިވެސް ބޮޑު ޕައިތަންއެއް އޭނާ ގެންގުޅެ އެވެ. އޭނާ އެ ޕައިތަން ގެންގުޅޭތާ ގިނަ އަހަރުތަކެއްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ސުޝްމިތާ ހަރުފަ ދެކެ ބިރު ނުގަނޭތޯ ސުވާލުކުރުމުން ރައްދުގައި ސުޝްމިތާ ބުނީ، އޭނާ ހަރުފަ ދެކެނީ އަޅުކަންކުރާ ހިންދޫގެ ކަލާނގެއެއް ކަމުގައި ކަމަށެވެ. އަދި ހިންދޫ ދީނުގައި ކިޔާ ތަކެތި ކިޔުމުން ހަރުފަތައް މައިތިރިވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.