ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ބޭރު މީހަކު ހަމަޖެއްސުމުން ގިނަބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.
ސީއޯއަކަށް ހަމަޖައްސާފައިވަނީ އިނގިރޭސވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް ކިޔާ މީހެކެވެ.
ޕެންޝަން އޮފީހުން ބުނެފައި ވަނީ އިންޝުއަރެންސާއި ޕެންޝަންގެ ދާއިރާގައި 25 އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ގްރިންޑަލް އަކީ ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކަމާއި މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު އަދި ލޯއިޑްސް ބޭންކިން ގްރޫޕުގެ ސީނިއާ އެކްޗުއަރީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.އޭގެ އިތުރުން އޭނާ އަކީ ޕެންޝަނާ ގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެއް ކަމަށްވެސް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ސޯޝަލްމީޑިއާގައި އެކިފަރާތްތަކުންވަނީ ނުރުހުން ފާޅުކޮށް ފާޑުކިޔާފަ އެވެ. ބައެއް ފަރާތްތަކުން ސުވާލުކުރަމުންދަނީ ޜާއްޖޭގައި ކިޔަވައިގެން ތިބި ޤާބިލް މީހުން ނެތީތޯ އެވެ. އަދި މިކަމުގެ ސަބަބުން ޒުވާނުން މާޔޫސްވަމުންދާ ކަމަށާއި އެމީހުންގެ ކުރިމަގާމެދު އުއްމީދެއް ނެތް ކަމަށެވެ. އަދި އިގްތިސާދީ ގޮތުން މި ދަތި ދަނޑިވަޅުގައި ޤައުމުން އެތައްހާސް ޑޮލަރެއް ބޭރުވެގެންދާ ކަމަށެވެ.
ކުރީގެ ޖަސްޓިސް މިނިސްޓަރުކަން ކުރައްވާފައިވާ މުޙައްމަދު މުއިއްޒު ޢަދުނާން މިކަމަށް ރައްދު ދެއްވީ ޅެންބައިތަކުންނެވެ.
"ބޭރުންގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން ހަމަ ނޫޅޭށޭ
މޭރުންކޮށް މަމިދޭ ހެޔޮ ބަސްތައް ހޭރުވުމަށް ފޫނުގަޅާށޭ"
އެމްއާރްއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ މިކަމަށް ރައްދު ދެއްވީ ތަންކޮޅެއް މަޒާޖީ ގޮތަކަށެވެ. ނާދިރާ ވިދާޅުވީ ރާއްޖޭގައި ކިޔަވައިގެންތިބި ގާބިލް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ބޮޑުތަނުން ތަނަވަސްކޮށް ފެންނަ ކަމަށެވެ.
އިޖްތިމާއީ ދާއިރާއިން ވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މުޙައްމަދު ޝިހާބު ވެސް ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައިވަނީ މިއީ ދިވެހިންނަށް ކުރި މަލާމާތެއް ކަމަށެވެ. އަދި މިއީ ކާކުގެ ނިންމުމެއްތޯ ވެސް ސުވާލު ކުރައްވާފައިވެ އެވެ.
ޔާސިރު އަހުމަދު ކިޔާ މީހަކު ބުނެފައިވަނީ "ދައުލަތުގެ މުއްސަދިކަން ކުޑައެއްނޫންތާ! ގާއިމު ތިޔަމީހުންނަށް ލަގްޒަރީ އެކޮމެޑޭޝަނާއެކު ޑޮލަރުން މުސާރަ ދޭން ޖެހޭނެ. ޑޮލަރު ފޮއްޗެއް ގައުމުގައި ހަރުލަފާނެތީ އުޅޭބައެއް ހެން ހީވަނީ. ހުރިހާ ކުންފުނިތަކަކަށް އިނގިރޭންސީން ގެނެސް މިއަޅަނީ."
ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސެއިން ވިދާޅުވީ މި ވަޒީފާ އަދާކުރެވޭނެ އެތައް ދިވެހިންނެއް ތިބޭނެ ކަމަށެވެ.
ގިނަ ބަޔަކު މިކަމާދެކޮޅަށް ފާޑުކިޔަމުންދާއިރު ދާދި ފަހުން އެމްއޭސީއެލްގެ ސީއީއޯގެ އިތުރުން އޯރަޓް ޑިރެކްޓަރުކަން ވެސް ވަނީ އިންޑިޔާ މީހަކަށް ދީފަ އެވެ. އަދި އެކުންފުނީގެ ސީއީއޯގެ މަގާމު މިހާރު އަދާކުރަމުންދަނީ ވެސް އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ސްޓުއާޓް ކިޔާ މީހެކެވެ.
ހަމަ ދިވެހިންދެކެ ލޯބިވާ ދިވެހިންނަށް ހުރިހާކަމެއ ފުރިހަމަކޮށްދީ ވަޒީފަވެސް އިތުރުކޮށްދެމުން ގެންދާ އޯގާތެރި ސަރުކާރު