ކިއުއާރު ކޯޑު ސްކޭންކޮށްގެން ދެ ލައްކައަށް ވުރެ ފައިސާގެ ވައްކަމެއް ކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ، އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ އިންޓަނެޓް ބެންކް ކްރެޑެންޝިއަލް ކޮމްޕްރަމައިޒްކުރުމަށް ފަހު އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެ ކިއުއާރު ކޯޑް ސްކޭން މެދުވެރިކޮށް ދެލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަނެފައިވާ މައްސަލައެއްގައި ކަމަށެވެ.
އެ މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައި ވަނީ، އުމުރުން 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީިހެކެވެ. އެ ދެ މީހުންގެ ބަންދަަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތު ވަނީ ދީފަ އެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟
ރޯދަ މަސް: ނުކައި ތިބެ ބަރުދަން އިތުރުވާ މަސް!
ކައުންސިލް އިންތިހާބުގެ ކެމްޕޭން ދަތުރުތައް ނުކުރާނަން: ރައީސް
