ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސުޝްމިތާ ސެން އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދައިފި އެވެ.

އުމުރުން 47 އަހަރުގެ ބަތަލާ ސުޝްމީތާ އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދާފައިވާކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ.

ބައްޕައާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ ސުޝްމީތާ އިއްޔެ ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ހާޓްއެޓޭކެއް ޖެހުނީ މީގެ ދުވަސްތަކެއް ކުރިން ކަމަށާއި ފަރުވާ ހޯދުމަށް ފަހު ހާލަތު މިހާރު ރަނގަޅު ކަމަށެވެ. އަދި އެކަމާ ބެހޭ އިތުރު ވާހަކަތައް ފަހުން ހިއްސާކުރާނެ ކަމަށް ބުނެ ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތާލާ ވަނީ ހިތާ މެދު ފަރުވާތެރިވުމަށް ފޭނުންނާއި ހެޔޮއެދޭ މީހުންނަށް ނަސޭހަތް ވެސް ދީފަ އެވެ.

https://www.instagram.com/p/CpSF-IvtWG4/?utm_source=ig_embed&ig_rid=619f23ab-f21b-4d69-ab36-182f7b602da3

ސުޝްމިތާ މިދިޔަ އަހަރު ޒުވާން ލޯބިވެރިޔާ ރަހްމާން ޝޯލްއާ ވަކިވެފައިވާ އިރު، އެ ގުޅުން ނިމުމަމަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އިންޑިއާގެ ވިޔަފާރިވެރިޔާ ލަލިތު މޯދީ، 56، އާ ވެސް ރައްޓެހިވި އެވެ. އެކަމަކު ލަލިތު ގުޅުން ސޯޝަލް މީޑިއާގައި އާންމުކުރިތާ ދެ ހަފުތާއެއްހާ ފަހުން ގުޅުން ނިމުމަކަށް އައިކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ސުޝްމީތާ އަކީ "ބީވީ ނަމްބަރު ވަން" އާއި "މޭ ހޫނާ" ކަހަލަ ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށް، ބެލުންތެރިންގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.

1994 ގައި މިސް ޔުނިވާސްގެ ތާޖު އުފުލާލި ސުޝްމިތާ ފިލްމީ ދާއިރާއިން ގެއްލިގެން ވެސް ދިޔަ އެވެ. ފިލްމީ ދާއިރާގައި ދުރުގައި ހުރުމަށް ފަހު ސުޝްމީތާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވެބް ސީރިޒް ކަމަށްވާ "އާރިއާ" އިންނެވެ. މި ވެބް ސީރީޒްގެ ތިން ވަނަ ސީޒަންގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އޭނަގެ އަތުގައި ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ތާލީ" ކިޔާ ބައޮގްރަފިކަލް ވެބް ސީރީޒެއް ވެސް ހިމެނެ އެވެ.