ސްކޫލް ޓެސްޓުތަކުގައި މަކަރު ހަދާފައިވާ ކަމަށް ބޮލީވުޑްގެ އެކްޓަރު ޝްރައްދާ ކަޕޫރު އެއްބަސްވެއްޖެ އެވެ.
މިހާރު ސިނަމާމތަކުގައި ދައްކަމުން އަންނަ ތޫ ޖޫތީ މޭ މައްކާރުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަ ދައްކަމުން އޭނާ ބުނީ އެއީ ކޮންމެ ކުއްޖަކު ވެސް ކޮންމެވެސް އިރެއްގައި ކުރާ ކަމެއް ކަމަށާއި އެގޮތުން އޭނާ ވެސް ކުރީ ކަމަށެވެ.
ޝްރައްދާ އިތުރަށް ބުނީ ޓެސްޓުގައި މަކަރު ހަދަނިކޮށް ޓީޗަރަށް ފަޅާ އަަރައި އެކަމުގެ އަދަބު ވެސް ސްކޫލުގައި އޭނާއަށް ލިބިފައިވާ ކަމަށެވެ.
"އަހަންނަނަށް ހެދުނީ ކިހާވަރެއްގެ ގޯހެއްކަން ރޭކާލީ މާ ފަހުން. އޭރު ޓީޗަރަށް ފަޅާ އަރައި ހުރިހާ ކަމެއްވެ ނިމިއްޖެ" ޝްރައްދާ ބުނެފައިވެ އެވެ.
ރަންބީރް ކަޕޫރާއެކު ޝްރައްދާ ފެނިގެންދާ ރޮމެންޓިކް ކޮމެޑީ ފިލްމުން އަންނަނީ ބޮކްސްއޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދަމުން ކަމަށް ހަބަރުތައް ބުނެ އެވެ.
ފިލްމުގައި އޭނާ ކުޅޭ ރޯލާ ބެހޭގޮތުން ޝްރައްދާ ބުނީ ގިނަ ދުވަސްތަކަކަށްފަހު ތަފާތު ރޯލެއް ކުޅެން ލިބުމުން އުފާކުރާ ކަމަށާއި ބެލުންތެރިންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބާމެދު ހިތްހަމަޖެހޭ ކަމަށެވެ.
އެންޖެލީނާއާ ދެކޮޅަށް ކޯޓުގައި ބްރެޑްއަށް ބޮޑު މޮޅެއް!
ގިނަ ދިވެހިންނަށް ބަރުދަން ލުއި ކުރަން އުނދަގޫވަނީ ކީއްވެ؟
16 އަހަރުން ދަށުގެ ކުދިންނަށް ވަކި އެޕްތަކެއް މަނާކުރަނީ