އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނަކީ ރަނިން މޭޓަކަށް ގާބިލު ބޭފުޅެއް ކަމަށް، ޖުމްހރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މިއަދު އެމްއާރުއެމްގެ ޒައީމް ކުރީގެ ރައީސް މައުމޫނާއެކު ބޭއްވި ބައްދަލުވުމަށްފަހު ގާސިމް ވިދާޅުވީ ފާރިސް މައުމޫނަކީ ރަނިން މޭޓަކަށް ގާބިލު ބޭފުޅެއް ކަމަށެވެ.
ރަނިންމޭޓަކަށް ފާރިސް މައުމޫނަށް ވެސް ވެވިދާނެ ކަމަށާ ފާރިސްއަކީ އެކަމަށް ގާބިލު ތައުލީމީ ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
ފާރިސް ރަނިން މޭޓަކަށް ހަމަޖެއްސުމަކީ އޭނާގެ އަމިއްލަ ނިންމުމަކަށް ނުވާނެ ކަމަށާއި އެކަމުގައި ގޮތެއް ނިންމާނީ ޖޭޕީގެ ކައުންސިލުން ކަމަށެވެ.
މިބައްދަލުވުމަށްފަހު ފާރިސް މައުމޫން ވިދާޅުވީ ގާސިމް އާއެކު ބޭއްވެވި ބައްދަލުވުމުގައި އެއްވެސް ކަމެއް އަދި ނުނިންމާ ކަމަށެވެ. އަދި އެއްވެސް ކަމެއް ހުށަހަޅާފައި ވެސް ނުވާ ކަމަށް ފާރިސް ވިދާޅުވި އެވެ.
އެމްއާރުއެމްއިން ނިންމާނީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ ކޮންމެ ކަމެއް ވުމުގެ ވެސް ފުރުސަތު އެބަ އޮތް ކަމަށެވެ.
ފާރިސްއަކީ ރަނިންމޭޓަކަށް ގާބިލު ބޭފުޅެއް ކަމުގައި ގާސިމް ވިދާޅުވިއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ފާރިސް ހަމަޖައްސަން އުޅޭކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފައި އެވެ.