އެއްވެސް މީހެއްގެ ރަނިންމޭޓަކަށްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާރިސް މިހެން ވިދާޅުވިއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ފާރިސް ވެދާނެކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި އެވެ. އަދި މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެމްއާރުއެމްއާއެކު ބޭއްވި ބައްދަލުވުމަށްފަހު ވެސް ވިދާޅުވީ ފާރިސްއަކީ ރަނިންމޭޓަކަށް ގާބިލުބޭފުޅެއް ކަމަށް ވިދާޅުވެފައި އެވެ.
ފާރިސް މައުމޫން މިއަދު "ހުރިހާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެއްވެސް މީހެއްގެ ރަނިންމޭޓަކަށް ވުމަށް އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. އަދި ހަގީގަތުގައި ރަނިންމޭޓަކަށްވުމަކީ އެހާބޮޑު ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ.
"ދެން އަޅުގަނޑު އަނެއްހެން މާބޮޑަށް ވިސްނާފަ އޮތް ކަމެއްވެސް ނޫން އެއީ ހަގީގަތަށް ދަންނަވާނަމަ އެހާ ބޮޑު ޝައުގުވެރިކަމެއް ވެސް އޮތް މަގާމެއް ނޫން އެއީ،" ފާރިސް ވިދާޅުވި އެވެ.
ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް މިއަދު ވަނީ އެމްއާރުއެމްގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި އެމްއާރުއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމްއާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވި އެވެ.
ފާރިސް ވިދާޅުވީ މިއަދު ޖޭޕީގެ ލީޑަރާއި އެކު ބޭއްވެވި ބައްދަލުވުމުގައި އެއްވެސް ކަމެއް ނުނިންމާ ކަމަށެވެ. އެހެން ނަމަވެސް ހުރި ފުރުސަތުތަކާ ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޯލިޝަންގައި އޮވެގެން ދެ ޕާޓީއަށް ވެސް ހާސިލްވި ކަންކަމާ ގުޅެގޮތުން މަޝްވަރާ ކުރެވުނު ކަމަށް ފާރިސް ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުން މައުމޫނުގެ ދަރިއަކަށް ވުން ފިޔަވާ މި ރާއްޖެއަށް ފާރިސް ކޮށްދިން ކަންކަމަށް ވުރެން މާމުހިންމު މަސައްކަތްތަކެއް މިރާއްޖޭގެ ރަށެއްގެ މަގުމަތީގައި މަށަން ދަތި އަޅާ ކުނި ކަހަން ހުންނަ މީހާ ވެސް . ރާއްޖެ މިދެކޭ ރަށްރަށުގެ ރައީސަކީ ހަމަ އިބޫ