ސުޝާންތު ސިންގް ރާޖްޕުޓްގެ މަރުގެ މައްސަލާގައި ތުހުމަތުކުރި އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި ފިލްމީ ތަރި ރިއާ ޗަކްރަބޯޓީގެ ފިލްމެއް މި އަހަރު ނެރުމަށް ހަމަޖެހިއްޖެ އެވެ.
މި ފިލްމު އުފައްދަނީ ލިޔުންތެރިއެއް، ޑައިރެކްޓަރެއް އަދި ސުޝާންތުގެ ގާތް ރަހުމަތްތެރިޔެއް ކަމަށްވާ ރޫމީ ޖެފްރީ އެވެ.
އޭނާ ބުނި ގޮތުން ރިއާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.
"މިދިޔަ އަހަރަކީ ހުރިހާ ގޮތަކުން ވެސް ރިއާ އަށް ގޮންޖެހުންތައް ދިމާވި އަހަރެއް. އާދައިގެ އާއިލާއަކުން އައި ރިއާ މިވަނީ އެއްމަސް ދުވަސް ޖަލުގައި ހޭދަކޮށްފައި. އެކަމުން އޭނާއަށް ވަނީ އަސަރުކޮށްފައި،" ރޫމީ ބުންޏެވެ.
މީގެ އިތުރުން ރޫމީ ބުނިގޮތުގައި 2021 ވަނަ އަހަރު ކުރީކޮޅު ރިއާ އެނބުރި މަސައްކަތަށް ނުކުންނާނެ ކަމަށެވެ.
މެޗަށްފަހު އާޖެންޓީނާގެ ކަނޑުގެ ސަރަހައްދަށް އިނގިރޭސި މަނަވަރެއް
ތައިލެންޑުން ދޭ އޮން އެރައިވަލް ވިސާ 30 ދުވަހަށް އިތުރުކޮށްފި
އުމުރުން 30ގެ އަހަރުތަކުގައި ސްޓްރޯކްގެ ނުރައްކާ؟
