ތޮއްޑޫ ސްމާޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރުމަށް އާބަންކޯއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ތޮއްޑޫ ކައުންސިލުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އެވެ.
މި އެއްބަސްވުމުގެ ދަށުން ތޮއްޑޫ ސްމާޓް އައިލެންޑްއަކަށް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ އެހީތެރިކަމާއި، އޮޕަން އެކްސެސް ނެޓްވޯކެއް ގާއިމުކުރުމުގައި އެހީތެރިވުމަށްވަނީ ނިންމައިފަ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ތޮއްޑޫގެ ބަނދަރު ސަރަހައްދާއި، ފެރީ ޓާމިނަލް ސަރަހައްދާއި، ކާގޯ ވެއާހައުސްގެ އިތުރުން ރަށުގެ އާންމު ރައްޔިތުން އަދި ފަތުރުވެރިން މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކުރުމަށް އެހީތެރިވެދިނުން ވެސް ހިމެނެ އެވެ.
މި މަޝްރޫއަކީ އާބަންކޯގެ، "ގޯ ބިޔޯންޑް ހުޅުމާލޭ"ގެ ދަށުން ރަށްރަށާއި ސިޓީތައް، ސްމާޓްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެއްކަމަށް އާބަންކޯއިން ހާމަކުރެ އެވެ.
މި އެއްބަސްތަކާ ގުޅިގެން ތޮއްޑޫ ކައުންސިލުން ބުނީ އާބަންކޯއާ އެކު އެއްބަސްވި މަސައްކަތްތައް ނިމުމުން ތޮއްޑޫގެ ރައްޔިތުންނަށް ގިނަ ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ބެލުންތެރިންގެ މަގުބޫލު "އޮފް ކެމްޕަސް" ބަލައިފިންތަ؟
ކުޅުދުއްފުށީ ޕެރޭޑުން ފެނުނީ އެ މީހުންގެ ކުޅަދާނަކަން: ޖަމީލް
ދެން ބޮލީވުޑުން ބައްޕައެއް ނުފެންނާނެ: ސޮނާކްޝީ