ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވި ދައުވަތާ ގުޅިގެން އެ ޕާޓީއާ އެކު މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް، މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓްއިން މިއަދު ބުނެފި އެވެ.
އެމްއާރްއެމްއިން ބުނީ ގާސިމް އިބްރާހީމް ދެއްވާފައިވާ ދައުވަތާ ގުޅިގެން އެ ޕާޓީއާއި މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ކަންކަން ނިންމާނެ ގޮތެއް އަދި ކަނޑައެޅިފައި ނުވާކަމަށެވެ.
އެމްއާރުއެމްއާ އެކު ދެ ވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އެ ޕާޓީއަށް ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތާ ގުޅުގެން އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން ވަނީ ރައީސް ސޯލިހާ އެކު މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވަވާފަ އެވެ.
އަދި މީގެ ކުރިން ޖުމްހޫރީ ޕާޓީއާއެކުވެސް ރައީސް މައުމޫނާއި ފާރިސް މައުމޫންވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. އެއަށްފަހު ފާރިސް މައުމޫނަކީ ރަނިން މޭޓަކަށް ވެދާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ތިޔައީ އެއް ރެއެއްގެ ދަންވަރު ނިންމާފައި އޮތް ކަމެކެވެ. ކޮންމެހެން ފިލްމް ކުޅޭނެކަމެއް ނެތެވެ. މި މީހުނަށް މިސަރުކާރުންވެސް ލިބުނު ބައިވަރު މިއުޅެނީ މަދުވެގެންނެވެ. މިއުޅެނީ މި ސަރުކާރު ގޯސްވެގެންނެއް ނޫނެވެ. ދަހިވެތިކަން ކޮޅުންލައިގެންނެވެ.