"ދައުރު" ނޫހުގެ ދެ ނޫސްވެރިއަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެ ނޫހުގެ އެޑިޓަރު އަހުމަދު ނާއިފް އަދި އެ ނޫހުގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޒާހިރު އަށް އެކި ނަމްބަރުތަކުން ގުޅައި ވަނީ މަރުގެ އިންޒާރު ދީފައި އެވެ. އެ ދެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދީފައި ވަނީ "ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެ އިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް" މައުލޫއަށް ލިޔެފައިވާ އާޓިކަލްއަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ ދެ ނޫސްވެރިއަކަށް ބިރުދައްކާ މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ އެ މައްސަލަ ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.
އެމްޖޭއޭގެ ބަޔާނުގައި ބުނެފައި ވަނީ އެ ރިޕޯޓުގެ މައްސަލައިގައި ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް މުހައްމަދު އިއްޔެ އެ ނޫސްވެރިންނަށް ގުޅާ އެ ރިޕޯޓު ނަގަން އެންގި ކަމަށެވެ. އަދި ސިޔާމްގެ އިންޒާރަށް ފަހު އެ ދެ ނޫސްވެރިންނަށް އެކި ނަމްބަރުތަކުން ގުޅާ ބިރުދައްކާ މަރުގެ އިންޒާރު ދީފައިވާ ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައި އެވެ.
އެމްްޖޭއޭ އިން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ނޫސްވެރިންނަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމަށް ގޮވާލައިފަ އެވެ.
ބުރަކޮށް އުޅެން ޖެހުނަސް ސިއްހަތަށް އިހުމާލު ނުވާތި!
ގޯލްޑަން ގްލޯބްސްއާއެކު ހޮލީވުޑްގެ އެވޯޑް "މޫސުން" ފަށައިފި
ޝަމާހު ވިދާޅުވީ އެ އޯޑިއޯއަކީ ހަދާފައިވާ އެއްޗެއް ކަމަށް
