އަންނަ މެއި މަހު ބާއްވަން ހަމަޖެހިފައިވާ މެޓް ގާލާގައި ބޮލީވުޑްގެ ޒުވާން ތަރި އާލިއާ ބަޓް ބައިވެރިވާން ހަމަޖެހިއްޖެ އެވެ. މިއީ މި ރަސްމިއްޔާތުގައި އޭނާ ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރީގެ އަހަރުތަކުގެ މެޓް ގާލާގައި ފެނިގެންދިޔަ ބޮލީވުޑް ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާއާއި ދީޕިކާ ޕަދުކޯން ފަދަ ތަރިން ހިމެނެ އެވެ.

ހޮލީވުޑަށް ނުކުންނަން ތައްޔާރުވެފައިވާ އާލިއާ މިއަހަރުގެ މެޓް ގާލާގައި ބޭނުން ކުރާނީ އެމެރިކާގެ ފެޝަން ޑިޒައިނަރެއް ކަމަށްވާ ޕްރަބަލް ގުރުންގް ޑިޒައިން ކޮށްފައިވާ ހެދުމެކެވެ.

ގޭލް ގެޑޮޓްއާއި ޖޭޒްމިން ޑޯނަންއާއެކު އާލިއާ ފެނިގެންދާ "ދަ ހާޓް އޮފް ސްޓޯން" އަންނަ އޮގަސްޓް މަހުގެ ތެރޭގައި ބޮޑު ސްކްރީނަށް އަންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ވަރަށް ފަހުން އަލަތު ދަރިފުޅު ވެސް ވިހާފައިވާ އާލިއާ އަންނަނީ ވިހެއުމަށްފަހު އަލުން އަނބުރާ މަސައްކަތަށް ނުކުންނަން ތައްޔާރު ވަމުންނެވެ.

އާލިއާއާއި ރަންބީރު ކައިވެނިކޮށް އެ ކައިވެންޏަށް އެއް އަހަރު ތެރޭގައ ކުއްޖަކު ވެސް ލިބިފައިވާއިރު އެ ދެމަފިރިންނަށް ބޮލީވުޑްގެ އެންމެ ހިނގާ އެއް ޖޯޑެވެ.ި