ކޮންމެ މައަކާއި ބަފައަކު ވެސް އެމީހުންގެ ދަރން ދިރިއުޅުމުގައި ކާމިޔާބީ ހާސިލްކުރާ ތަން ދެެކެން ބޭނުންވާނެ އެވެ. އެ ކަމަށްޓަކައި ޅައިރުއްސުރެ އެ ދަރިންނަށް ހިތްވަރު ދޭނެ އެވެ.

އެގޮތުން މި މަންމަގެ ހުވަފެނަކަށް ވީ އޭނާގެ ދަރިފުޅު މަތިންދާ ބޯޓެއްގެ ހުންގާނުގައި އިންނަ މަންޒަރު ދުށުމެވެ. އެ ދަރިފުޅާއެކު މައްކާގެ މާތް ބިމަށް ދިއުމެވެ.

އެ ދަރިފުޅު ސްކޫލަށް ދިޔަ ދުވަސްވަރު މަންމަ އޭނާއަށް ސިޓީއެއް ލިޔުނެވެ. އެ ސިޓީގައި އެ މަންމަ ދަރިފުޅުގެ ކިބައިން އެދޭ އެދުން ފާޅުކޮށްފައިވެ އެވެ.

އޭގެ އަހަރުތަކެއް ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު އިންޓަނެޓުގައި އާއްމުވީ ފޮޓޯ އެކެވެ. ޒުވާން ޕައިލެޓަކު ހިއްސާކުރި އޭނާގެ ތަޖުރިބާ އެކެވެ.

އާއެކެވެ. އާމިރް ރާޝިދު ނަމަކަށް ކިޔާ އެޒުވާނާއަކީ މަންމައަކު އޭގެ އެތައް އަހަރެއް ކުރިން އެ ދަރިއެއްގެ ކިބައިން އެދުމަކަށް އެދުނު ދަރި އެވެ.

އާމިރް ޓްވިޓާގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާ ކުޑައިރު މަންމަ ބޭނުންވީ އޭނާ ދުއްވާ މަތިންދާ ބޯޓެއްގައި މައްކާއަށް ދިއުން ކަމަށެވެ.

އަދި އެދުވަހަކީ އޭނާ ސައުދީ އަރަބިއާއަށް ފްލައިޓެއް އެޅި ދުވަހެއް ކަމަށާއި އޭނާގެ ފަސިންޖަރުންގެ ތެރޭގައި އޭނާގެ މަންމަ ވެސް ހިމެނޭ ކަމަށް އާމިރު ބުންޏެވެ.

އާމިރުގެ މި ޕޯސްޓާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ. މަންމަގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަކީ ނަމޫނާ ދަރިއެއްގެ މިސާލެއް ކަމަށެވެ.