އިރުގެ އައްޔަށް ނުނުކުމެ ކަނު އަނދިރީގައި ހަފްތާއެއް ވަންދެން ވެސް ކެތް ކުރެވޭނެ ހެއްޔެވެ؟ އަ އަނދިރިކަމުގައި އެކަނި މާއެކަނި ދުވަސްތައް ހޭދަކުރަން ކެރޭނެ ހެއްޔެވެ؟ މި ސުވާލުތަކަށް އާއެކޭ ބުނާނެ މީހަކު ވަރަށް މަދުވާނެ އެވެ.

އެހެން ނަމަވެސް ސްޕެއިންއަށް ނިސްބަތްވާ 50 އަހަރުގެ އަންހެނަކު މިވަނީ މި ގޮތަށް 500 އަށްވުރެ ގިނަ ދުވަސް ހޭދަކޮށްފަ އެވެ.

ބީޓްރިޒް ފްލެމިނީ ނަމަކަށް ކޔާ އެމީހާ 700 މީޓަރު ފުން ހޮހޮޅައަށް އެރުނީ އޭނާގެ އުމުރުން 48 އަހަރުގަ އެވެ. އެ ހޮހޮޅައިގައި ހޭދަކުރި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާއާއި ބޭރުގެ ދުނިޔެއާ އެއްވެސް ގުޅުމެއް ބޭއްވިފައެއް ނުވެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ބީޓްރިޒްގެ މި މިޝަންއާއެކު އޭނާއަށް ވަނީ އެންމެ ގިނައިރު ވަންދެން ހޮހޮޅައެއްގައި އޮތުމުގެ ދުނިޔޭގެ ރެކޯޑު ލިބިފަ އެވެ.

އޭނާގެ ތަޖުރިބާއާ ބެހޭގޮތުން ވާހަކަ ދައްކަމުން ބްރިޓްނީޒް ބުނީ ހޮހޮޅައިގެ ތެރޭގައި ދުވަސްތައް ހޭދަވި ގޮތްވެސް ނޭނގޭ ކަމަށާއި އެތަނުން ނުކުތީ ނުކުންނަން ބޭނުން ވެގެން ނޫން ކަމަށެވެ.

އޭނާގެ ވަގުތުތައް ހޭދަކުރީ ފޮތްކިޔުމާއި ކުރެހުމުގެ އިތުރުން ކަސްރަތު ކުރުމުގައި ކަމަށް ބްރިޓްނީޒް ބުންޏެވެ. އޭނާއަށް ކާބޯތަކެތި ފޮނުވީ އެ ސަރަހައްދުގައި ތިބި އޭނާގެ ޓީމުގެ މެމްބަރުންނެވެ.

ބްރިޓްނީޒްގެ މި ދަތުރު ސައިންސްވެރިން ވަނީ ވަރަށް ގާތުން ބަލާފަ އެވެ. ހާއްސަކޮށް އިންސާނާގެ ސިކުނޑިއާ ބެހޭ ދިރާސާތައް ކުރާ ސައިންސްވެރިން ވަނީ މިފަދަ ތަޖުރިބާއެއްގެ ސަބަބުން އިންސާނެއްގެ ސިކުނޑިއާއި ސިއްހަތަށް އަންނަ ބަދަލުތައް ބަލާފަ އެވެ.