އޮސްޓްރޭލިއާގެ މެލްބަންގައި ދިރިއުޅޭ ރައްޔިތުންނަށް މިފަހުން ފެނުނު އަޖާއިބު ކުރުވަނިވި މަންޒަރެކެވެ. ކްރޭނެއް ބޭނުން ކޮށްގެން އެންމެ ފަހުގެ ސްޕޯޓްސް ކާރެއް އިމާރާތެއްގެ 57 ވަނަ ފަންގިފިލާއެއްގައި ހުރި ފްލެޓަކަށް އެރުވި މަންޒަރެވެ.

މިއީ މިލިއަން ޑޮލަރުގެ ރިއަލް އެސްޓޭޓް ވިޔަފާރިއެއް ހިންގާ އެޑްރިއަން ޕޯޓެލީގެ ސްޕޯޓްސް ކާރު އޭނާގެ އެންމެ ފަހުން ގަތް ޕެންޓް ހައުސްއަށް ވެއްދި މަންޒަރެވެ.

އެޑްރިއަން ބުނީ 39 މިލިއަން ޑޮލަރަށް އޭނާ ގަތް ޕެންޓް ހައުސްއަށް ކާރު ވައްދަން ބޭނުންވީ މެލްބަންގެ މަގުތަކުގައި އެ ކާރު ނުދުއްވޭނެތީއާއި ގަރާޖުގައ އޮވެ ފަނާވަމުން ދާތީ ކަމަށެވެ.

https://www.youtube.com/watch?v=IGiWFzI5CLE&pp=ygUobWFuIHVzZXMgY3JhbmUgdG8gbGlmdCBjYXIgdG8gcGVudCBob3VzZQ%3D%3D

އެހެން ކަމުން އޭނާ ބޭނުންވީ އެ ކާރު ބޭނުން ކޮށްގެން އޭނާގެ ޕެންޓް ހައުސް އިތުރަށް ޒީނަތްތެރިކޮށް ފުރިހަމަ ކުރާށެވެ. އެކަމަށްޓަކައި ކްރޭނެއް ބޭނުން ކުރީ އެވެ.

އެޑްރިއަން އިތުރަށް ހާމަކުރި ގޮތުގައި ކާރު ޕެންޓްހައުސްއަށް ވެއްދުމަށްޓަކައި އެތަނުގެ ގިނަ ކުޑަދޮރުތަކެއް ރޫޅާލަން ޖެހުނު ނަމަވެސް ކާމިޔާބު ކަމާއެކު އެކަން ނިމފައިވާ ކަމަށެވެ.

އެޑްރިއަންގެ ކާރު ކްރޭނެއްގެ އެހީގައި އޭނާގެ ޕެންޓް ހައުސްއަށް ވައްދާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު އަންނަނީ އިންޓަނެޓުގައި ދައުރު ވަމުންނެވެ.