އަންނަ ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ ތަނެއްގައި ތިބޭ މީހުން ވޯޓުލުމަށްޓަކައި އޮންލަައިންކޮށް ވެސް ރަޖިސްޓްރީ ވެވޭގޮތަށް އިލެކްޝަންސް ކޮމިޝަނުން ގަވައިދެއް އެކުލަވާލައިފި އެވެ.

މިއީ އޮންލައިންކޮށް ރާއްޖޭގައި ރިޔާސީ އިންތިހާބެއްގައި ވޯޓްލާން ރީ ރެޖިސްޓާ ކުރަން ހުޅުވާލި ފުރަތަމަ ފަހަރެވެ.

އިލެކްޝަންސްގެ ގަވައިދުގައިވާ ގޮތުން ރީ-ރަޖިސްޓްރޭޝަނަށް ހާއްސަކޮށްފައިވާ ފޯމު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މުއްދަތެއްގައި، ކަނޑައަޅާ ތަނަކަށް ހުށަހެޅޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، "ކޮމިޝަނުން ކަނަޑައަޅާ ނިޒާމު"ގެ ތެރެއިން ވެސް ރީ- ރަޖިސްޓްރޭޝަނަށް ހުށަހެޅޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ. "ކޮމިޝަނުން ކަނޑައަޅާ ނިޒާމް" ކަމަށް އެ ގަވައިދުގައި ލިޔެފައި ވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ރީ-ރަޖިސްޓްރޭޝަން ހެދުމުގެ ފުރުސަތު ދިނުމެވެ.

ރ-ީރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ނަމާއ،ި ޖިންސާއ،ި ދާއިމީ އެޑްރެހާއި އެ ފަރާތްތައް އަލުން ރަޖިސްޓަރީކުރެވޭ ތަން އެނގޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވެސް އެ މަޢުލޫމާތު ޝާއިޢު ކުރަންވާނެ ކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 280،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.