ރީތީގެ މުބާރާތްތައް ކާމިޔާބު ކުރުމަށްފަހު ބޮލީވުޑަށް ނުކުތުމުން އެ ތަރިއަކަށް ވަރަށް ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮވެ.

އެހެން ނަމަވެސް އެއީ ދޮގެއް ކަމަށާއި އެހެން ތަރިންތަކޭ އެއްފަދައިން މަސައްކަތް ހޯދުމުގައި އޭނާއަށް އުނދަގޫތަކެއް ދިމާވިކަން ބޮލީވުޑްގެ އެކްޓްރެސް ދިއާ މިރުޒާ ވަނީ ހިއްސާކޮށްފަ އެވެ.

"އަހަރެންގެ ސިފަ ވީ އަހަރެންގެ ޑިސްއެޑްވާންޓޭޖަކަށް. އަދި ފިލްމީ ދާއިރާގައި ދިމާވި ގޮންޖެހުމަކަށް. ބައެއް ފަހަރު އަހަންނަށް ފިލްމު ކުޅެން ފުރުސަތު ނުލިބި، ވަޒީފާ ގެއްލިފައި އެބަހުރި އަހަރެން މާ ރީތި ވުމުން،" ޑިއާ މިރްޒާ ބުނެފައިވެ އެވެ.

މިހާރު އުމުރުން 38 އަހަރުގެ ޑިއާ މިރްޒާ ފިލްމީ ދާއިރާއަށް ނުކުމެފައިވަނީ 2000 ވަނަ އަހަރު ބޭއްވި މިސް އޭޝިއާ ޕެސިފިކް ކާމިޔާބުކުރުމަށްފަހު 2001 ވަނައަހަރު ނެރުނު ފިލްމު "ރެހެނާ ހޭ ތޭރޭ ދިލް މޭ" އިންނެވެ.

ދިއާ އަކީ ދެހާހުގެ ފިލްމުތަކުން ފެނުނު މޫނެއް ނަމަވެސް ފަހަކަށް އައިސް މި ދާއިރާގައި އޭނާގެ މާ ބޮޑު މަސައްކަތެއް ފެނިފައެއް ނުވެ އެވެ.