ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ ގެއިން ވައްކަން ކުރި ދެ މީހަކު މުމްބާއީ ފުލުހުން ހައްޔަރުކޮށްފި އެވެ.

މުމްބާއީ ފުލުހުން ބުނީ ޖުހޫގައި ހުންނަ ޝިލްޕާގެ ގެއިން ވައްކަންކުރި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. މިމައްސަލާގައި މިހާރު ދެ މީހަކު ހައްޔަރުކޮށް، އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އެމީހުން ޝިލްޕާ ގެއިން ވައްކަން ކުރި މީހުން އަގު ބޮޑެތި ސާމާނު ނަގާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޝިލްޕާ ގެއިން ވައްކަން ކޮށްފައިވާއިރު އޭނާ މިވަގުތު ހުރީ އާއިލާއެކު ޗުއްޓީ ހޭދަކުރުމަށް އިނގިރޭސިވިލާތުގަ އެވެ.

ގާތްގަނޑަކަށް 14 އަހަރަށް ފަހު އަލުން ފިލްމު ކުޅެން ފަށާފައިވާ ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ "ނިކައްމާ" އިންނެވެ.

ދެ ކުދިންގެ މަންމަ ޝިލްޕާގެ ކުރިއަށް ހުރި ފިލްމުތަުގެ ތެރޭގައި "ސުކީ" އާއި ކަންނާޑާ ފިލްމު "ކޭޑީ" ހިމެނެ އެވެ. އޭގެ އިތުރުން އިންޑިއާގެ ޓެލެންޓް ޝޯތަކުގައި ޖަޖް ކުރާ ތަން ފެނެ އެވެ.