ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން ނިންމެވި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ނުދިނެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިރޭ އެކޮމިޝަންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެބައްދަލުވުމުގައި ނިންމީ އަދި ހުއްދަ ނުދިނުމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިރޭ ބޭއްވި ބައްދަލްވުމުގައި ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ދެ މެމްބަރަކު ވޯޓު ދިން ކަމަށެވެ. އަދި އަނެއް ދެ މެމްބަރުން ވޯޓް ދެއްވީ މިރޭ އެ ހުއްދަ ދޭން ނުފެންނަ ކަމަށެވެ. ސަބަބެއް ކަަމަށް ފުއާާދު ވިދާޅުވީ ފޯމްތައް އިތުރަށް ޗެކްްްކުރަން ކުރަން ބޭނުންވުމެވެ.
ފުއާދު ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް ނުފަންނަ ކަމަށް ވޯޓު ދެއްވި މެމްބަރުން ގަބޫލުކުރައް ވަނީ އެމަނިކުފާނު ވަކި ބައެއްގެ ނުފޫޒުގެ ދަށުގައި ހުންނެވި ކަމަށެވެ. އެހެންވެ އަދިވެސް އެބޭފުޅުން އިތުރަށް ފޯމުތައް ބަލަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ހުއްދައާއި އެކު ޑިމޮކްރެޓްސް އިން 30 ދުވަހުގެ ތެރޭގައި 300 މެމްބަރުންނާއި އެކު ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބާއްވަން ޖެހޭނެ އެވެ. އެޖަލްސާ އިލެކްޝަންސް ކޮމިޝަނުން ހާޒިރުވެ 300 މެމްބަރުން ހަމަވޭތޯ ބޯ ގުނާނެ އެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ނުދީ ލަސްވާތީ ޑިމޮކްރެޓްސްގެ ބޭފުޅުން މިއަދު ވަނީ އިލެކްޝަން ކޮމިޝަނަށްވެސް ވަޑައިގެންފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޑިމޮކްރެޓްސް އިން ހުށަހެޅި ފޯމުތައް ސައްހަތޯ ބެލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ޑިމޮކްރެޓްސްގެ ބޭފުޅުން މިއަދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަންގެ ދެ މެމްބަރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަންގު ދާއިރާގެ މެމއބަރު ހަސަން ލަތީފް މިއަދު ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދި ނުދީ ހިފަހައްޓަނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ކަމަށެވެ.
ޕާޓީ އުފެއްދުމަށް ކޮމިޝަންގެ ދެ މެމްބަރުން ހުރަސް އަޅުއްވާ ކަމަށް ހަސަން ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އިން ޕާޓީ އުފެއްދުމަށް 3،560 ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީ އުފައްދަން ހުށަހަޅަން ޖެހެނީ މަދުވެގެން 3،000 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.