އާބަންކޯ އިން ވިޔަފާރިވެރިންނަށް ފަހިކޮށްދޭ ފުރުސަތުތައް ދައްކާލުމަށް އޯޕަންޑޭ އެއް ބާއްވަން ނިންމައިފި އެވެ.
މި އޯޕަންޑޭގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ކުންފުނީގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލުމާއި، އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މި ފުރުސަތުތަކަށް ކުރިމަތިލުމުގެ މަގުފަހި ކޮށްދިނުމެވެ. މިގޮތުން، މިފަހަރުގެ އޯޕަންޑޭގައި ހުޅުމާލޭގައި އޮފީސް އިމާރާތް ގާއިމު ކުރުމަށް ހުރި ފުރުސަތުތަކާއި ތިލަފުށި ފޭސް 2 އިން ބިން ގަތުމަށް ހުރި ފުރުސަތުތަކަށް ހާއްސަކަމެއް ދެވިގެން ދާނެ ކަމަށް އާބަންކޯއިން ބުނެ އެވެ.
މީގެ އިތުރުން ވެސް، މި ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔާދިނުމާއި، ޕޯޓަލް ބޭނުން ކޮށްގެން މި ޕްރޮޖެކްޓްތަކާއި، ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. އަދި ކުންފުނީގެ އަމާޒަކީ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ، ވިހާ ވެސް ގާތުން މަސައްކަތް ކުރުމެވެ.
އާބަންކޯ ފޯ ބިޒްނަސް ބޭއްވުމަށް ހަމަޖެހިފައި ވަނީ، ޖޫން މަހުގެ 20 ވަނަ ދުވަހު، އާބަންކޯ އެގްޒިބިޝަން ސެންޓަރުގައި 10:00 – 8:00 އަށެވެ.