މިސްރަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިސްރަށް "ވިސާ އޮން އެރައިވަލް" ލިބޭ ގައުމުތަކުގެ ލިސްޓުގައި އަލުން ރާއްޖެ ހިމަނާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ އަޚް މިޞްރުގެ ފޮރިން މިނިސްޓަރު ސަމެހް ޝުކްރީއަށް ޝުކުރު ދަންނަވަން،" ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ދިވެހިރާއްޖެއާއި މިސްރާ ދެމެދު އޮތް ހާއްސަ ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.
ރާއްޖެއިން މިސްރާ ސިޔާސީ ގުޅުން ގާއިމުކުރީ 1969 ގަ އެވެ.
ދާދި ފަހުން ވަނީ ރާއްޖެއާއި ގެމްބިއާއި ދެމެދު ދަތުރު ކުރުމުގައި ވެސް ވިސާ ނަގަން ނުޖެހޭ ގޮތަށް ނިންމާފަ އެވެ.
މޯނާއަކީ "ޖެން އަލްފާ"އަށް ވަރަށް ކަމުދާނެ ފިލްމެއް: ދަ ރޮކް
ޖަރުމަނުގައި 15 މީހުން މަރާލި ޑޮކްޓަރު އުމުރުދުވަހަށް ޖަލަށް
ފިލްމުތައް ހިޓްވީ ބައްޕަގެ ނުފޫޒުން ކަމަށް ބުނި: ރިތޭޝް