ފިކުރެއްގެ ދިރުމުގެ ފަރާތުން އުފައްދަން ހުށައަޅާފާއިވާ ސިޔާސީ ޕާޓީ " ދަ ޑިމޮކްރެޓްސް" ރަޖިސްޓަރ ކުރުމުގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަން ޑެޑްލޮކަކަށް ހިނގައްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޝަން ޑެޑްލޮކަކަށް ދިޔައީ ކޮމިޝަންގެ ދެ މެމްބަރަކު ކޮމިޝަންގެ ޖަލްސާގައި ބައިވެރިވާން ދެކޮޅު ހެދުމުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ދެ މެމްބަރުން ކަމަށްވާ އަލީ ނަޝާތު އާއި މުހައްމަދު އާސިފްވަނީ އެކޮމިޝަނުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ދެކޮޅު ހައްދަވާފަ އެވެ.
އެ މެމްބަރުން ޖަލްސާގައި ބައިވެރި ނުވާނަމަ އީދުބަންދުގެ ކުރިން އެޕާޓީ ރަޖިސްޓްރީއެއް ނުކުރެވޭނެ އެވެ.
އިލެކްޝަންސް ކޮމިޝަންގައި ޖުމްލަ ތިއްބަވަނީ ފަސް މެންބަރުންނެވެ. އޭގެތެރެއިން ކޮމިޝަންގެ ޖަލްސާތަކުގައި ބައިވެރިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އާއި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެވެ. އިލެކްޝަންގެ މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ކޮމިޝަނަރު މުހައްމަދު ޒާހިރު މި ވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާގަ އެވެ.
މިއަދުގެ ޖަލްސާއަށްވަނީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމުގެ މައްސަލަ ތާވަލްކޮށްފަ އެވެ.
ފްރާންސްގެ އޮލީސޭގެ ރީނދޫ ކާޑު ކެންސަލް ނުވި
މާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެ
ރެފްރީން އަމަލުކުރީ ވަރަށް ބޭއިންސާފުވެރި ގޮތަކަށް: މިސްރު ކޯޗް