ރައީސް ޔާމީންގެ މަޝްވަރާއާއެކު ފިކުރެއްގެ ދިރުން ނުވަތަ ދަ ޑިމޮކްރެޓްސްއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު އެ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީި ކޯލިޝަން ހެދުމަށް ރަސްމީކޮށް އެއްވެސް ހުށާއެޅުމެއް އަދި ނެތް ކަމަށާއި އެހެން ނަމަވެސް ދެފަރާތުން ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
ރަސްމީކޮށް ހުށަހެޅުމެއް ނުލިބޭ. އެހެން ނަމަވެސް، ގައުމީ ބައެއް މައްސަލަތަކުގައި އަޅުގަނޑުމެން ޑިމޮކްރެޓްސްއާ އެކު މަސައްކަތްތަކެއް އެބަކުރަން ޔާމީންގެ މަޝްވަރާއާ އެކީގައި،" އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ހެދުމުގައި ޕީޕީއެމްއަށް ހުރަހެއް ނެތް ނަމަވެސް ކޯލިޝަން ހެދުމުގެ ވަކި އުސޫލުތަކެއް ގެންގުޅޭނެކަން އަދުރޭ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މިހާތަނަށް ވާހަކަ ދައްކާފައިވާނީ ޗާގޯސް މައްސަލައިގައި. އަދި އެހެން މައްސަލަތަކުގައިވެސް މަސައްކަތް ކުރަމުން އެބަ އަންނަން. އަދި މަޖިލީހުގެ ތެރެއިންވެސް." ޑިމޮކްރެޓްސް އާއެކު މަސައްކަތް ކުރަމުންދާ ބައެއް ދާއިރާތަކާ ގުޅޭގޮތުން އަދުރޭ ވިދާޅުވި އެވެ.
ފަހަކަށް އައިސް ޕީޕީއެމުން ބާއްވާ މަގުމަތީ ހަރަކާތްތަކުގައިވެސް ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނަކަން ފާހަގަކުރެވެ އެވެ.
ޑިމޮކްރެޓްސް އާއި އެކީ މަސައްކަތް ކުރަމުންދާ ކަން ޕީޕީއެމް ޕީއެންސީން ހާމަކޮށްފައިވާއިރު، މިއަދު މަޖިލީހުގެ ޖަލްސާގައި ޑިމޮކްރެޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މިވެރިކަން ނިމުމަކަށް ގެންނަން ޕީޕީއެމް ޕީއެންސީއާއެކު ކޯލިޝަން ހަދަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.