މާލެ ސަރަހައްދުން ސަރުކާރުން ބަހާލާ ގޯތީގައި ދިވެހިރާއްޖޭގެ ރަށްވެހިކަން ހޯދާފައިވާ ބިދޭސީންގެ ތެރެއިން ދިހަ މީހެއްގެ ނަން އޮތް ކަމަށް ބުނާ ލިސްޓަކީ ސައްހަ ލިސްޓެއް ނޫންކަމަށް ސަރުކާރުން ބުނެފި އެވެ.
ގޯތި ލިސްޓްގައި އޮތް ދިހަ މީހުންގެ ނަން ކަމަށް ބުނެ އިންޓަނެޓްގައި ދައުރުވަމުންދާ ލިސްޓަށް އިޝާރާތްކޮށް ގޯތި ކޮމެޓީގެ މެންބަރު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ އެ ލ؛ިސްޓް ސައްހަ ނޫން ކަމަށާއި އެލިސްޓްގައި އޮތީ ރައްވެހިކަން ހޯދާފައިވާ ތިން މީހުންގެ ނަން ކަމަށެވެ. އަދި އާއްމު ވެގެން އުޅޭ ދިހަ މީހުންގެ ނަމުގެ ތެރޭން ވަގުތީ ލިސްޓް ގައި ވަނީ ކުރިންވެސް ފާހަގަ ކުރެވުނު ތިން މީހުން ކަމަށް އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކި މިހެން ހުރި ކަންތައްތައް ދެނެގަނެ އިސްލާހު ކުރުން ކަމަށާއި ދާއިމީ ލިސްޓް ނުކުންނާނީ އެކަންކަން ބެލި ރަގަޅު ކުރެވިގެން ކަމަށެވެ.
ގޯތި ލިބޭ މީހުންގެ ލިސްޓުގައި ދާދި ފަހުން ދިވެހި ރައްޔިތުކަން ލިބިފައިވާ އިންޑިއާ ބައެއްގެ ނަން ހިމެނިފައިވަނީ އޮޅުމަކުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
ކާރިސާ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި
މާލެއިން ޓެކްސީއެއް ހޯދުން: ކުޑަ ވަރެއްގެ ހަނގުރާމައެއް!
ވާހަކަ ބަދަލު ކުރަނީ ކީއްވެބާ!!!1 ދިވެހީންގެ ނަން ނެތި ބޭރު ބިދޭސީންގެ ނަން ފުރަތަމަ އައިސްގެން ވެސް ނުވާނެދޯ.! ފަޅާއަރާތީ ނޫންނަމަ ދީވެސް ފާނެ.