ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީފާނެ ކަމަށް ލަފާކޮށް އެމެރިކާ އާއި އިނގިރޭސިވިލާތުން ޓެރެވަލް އެޑްވައިޒަރީ ނެރެފި އެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް އެޑްވައިޒަރީ ނެރުނީ ޖޫން 22 ގަ އެވެ. އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީ ނެރުނީ ޖޫން 23 ގަ އެވެ. މިއީ އަދި ރާއްޖެ އައުން މަނާ ދަރަޖައެއް ނޫނެވެ.
އިނގިރޭސިވިލާތުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނީ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް އޮތް ކަމަށެވެ.
އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ޓެރަރިޒަމްއަށް ހިއްވަރުދޭ ޖަމާއަތްތަކުން އިންޒާރު ދިނުމަށްފަހު ފަތުރުވެރިންނަށާ ދަތުރުފަތުރުގެ ނިޒާމްތަކަށާ މާރުކޭޓުތަކަށާ ސަރުކާރު އޮފީސްތަކަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމަށެވެ. އެފަދަ ހަމަލާއެއްގެ ވަގުތުގައި ކަމާއިބެހޭ ފަރާތްތަކުން ހަރަކާތްތެރިވުމުގައި ލަސްތަކެއް އުޅެފާނެ ކަމަށް ވެސް އެމެރިކާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވެ އެވެ.
މީގެ ކުރިން މިފަދަ ހަމަލާތައް ދީފާނެ ކަމަށް ބަޔަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
މޯނާއަކީ "ޖެން އަލްފާ"އަށް ވަރަށް ކަމުދާނެ ފިލްމެއް: ދަ ރޮކް
"ވަކި ބަޔަކަށް ފައިދާވާހެން ވިޔަފާރިތަކުން ކޯޓޭޝަން ހޯދި"
