ރާއްޖެއަށް ހާއްސަކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދީފާނެ ކަމަށް ބަލާ ޓްރެވަލް އެޑްވައިޒަރީ ނެރެފައިނުވާ ކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރަން ރޮސްލާ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީފާނެ ކަމަށް ލަފާކޮށް އެމެރިކާ އާއި އިނގިރޭސިވިލާތުން ޓެރެވަލް އެޑްވައިޒަރީ އެއް ނެރެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި އޮތުމުން އިނގިރޭސި ސަފީރު ވިދާޅުވީ އިނގިރޭސި ވިލާތުން ޓްރެވަލް އެޑްވައިޒަރީ ނެރެފައިވަނީ މުޅި ދުނިޔެއަށް ކަމަށެވެ.
އެއީ ވަކިން ހާއްސަކޮށް ރާއްޖެއަށް ނެރުނު ޓްރެވަލް އެޑްވައިޒަރީއެއް ނޫން ކަމަށް ސަފީރު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް އެޑްވައިޒަރީ ނެރުނީ ޖޫން 22 ގަ އެވެ. އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީ ނެރުނީ ޖޫން 23 ގަ އެވެ. މިއީ އަދި ރާއްޖެ އައުން މަނާ ދަރަޖައެއް ނޫނެވެ.
ފްރާންސްގެ އޮލީސޭގެ ރީނދޫ ކާޑު ކެންސަލް ނުވި
ރެފްރީން އަމަލުކުރީ ވަރަށް ބޭއިންސާފުވެރި ގޮތަކަށް: މިސްރު ކޯޗް
އީރާން، ރަޝިޔާ އަދި ޗައިނާގެ ވިޔަފާރީގެ މަގަކަށް މިސައިލް ހަމަލާ
