ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ މިރޭ ބާއްވައި، އެ ޕާޓީގެ ލޯގޯ އާއި ކުލަ ފާސްކޮށްފި އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވީ ޣިޔާސުއްދީން ސުކޫލް ހޯލުގަ އެވެ. އެ ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ޖުމްލަ 611 މެމްބަރުން ބައިވެރިވެފައިވެ އެވެ. އެހެން ނަމަވެސް ހޯލުގައި ތިބީ 481 މެމްބަރުންނެވެ.

ޕާޓީގެ ކުލައާއި ލޯގޯ އަދި ޕާޓީގެ ނަން "ދަ ޑިމޮކްރެޓްސް" ނަމުގައި ފާސްވީ ވޯޓުގައި ބައިވެރިވި 481 މެމްބަރުންގެ އިއްތިފާގުންނެވެ.

ޕާޓީގެ ދިދާގައި ހިމެނެނީ ނޫ ކުލަ އާއި ޕާޓީގެ ލޯގޯ އެވެ.

ޑިމޮކްރެޓްސްގެ ސިއްކަ އާއި ދިދަ

ޕާޓީގެ ލޯގޯ އެއްގެ ގޮތުގައި ފާސް ކޮށްފައި ވަނީ "އެކްސްޓްރިކްސް" އެކެވެ. އެއީ ދިވެހި ރުކާއި މުރަކަ އެކުލެވިގެންވާ ނިޝާނެކެވެ.

ޑިމޮކްރެޓްސްގެ ލޯގޯ

ޕާޓީގެ އޮފީސް ހިންގާނީ ހ. މައިޒާންދޮށުގެ 10 ވަނަ ފަންގިފިލާގައި ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.