ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި އެމައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ
ސްޓެލްކޯއިން ބުނީ ހުޅުމާލެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތަކާއި ދިމާލުން ކޮނުމުގެ ތެރެއިން ޑިސްޓްރިބިއުޝަން ކޭބަލަށް ގެއްލުންވެގެން ކަމަށެވެ.
ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތައަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި
ކާތިކްގެ "ނާގްޒިލާ" ފަސްކޮށްފި
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް