ވެޓެރަން އެކްޓަރު ޖާޔާ ބައްޗަންއަކީ އޭނާގެ ރުޅީގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން އަމާޒްވެފައިވާ ޝަހުސިއްޔަތެކެވެ. އެކި ފަހަރު މަތިިން ޖާޔާ މީޑިއާއަށް އޭނާގެ ރުޅިގަނޑު ބާލާފައިވެ އެވެ.
އެކަމުގެ ސަބަބުން އާއިލީ ދިރިއުޅުމުގައި ވެސް ޖާޔާއަކީ ވަރަށް ރުޅިގަދަ އާއިލާގެ އެހެން މީހުންނާ ނުގުޅޭ މެމްބަރެއްގެ ގޮތުގައި ބެލެވިފައި އޮވެ އެވެ. ހާއްސަކޮށް ދަނބި ދަރިފުޅު އައިޝްވާރްޔާ ރާއީއާ ގުޅިގެން އެތައް ވާހަކައެއް ދެކެވެ އެވެ.
އެހެން ނަމަވެސް މި ވާހަކަތައް ދޮގު ކުރަމުން ކޮފީ ވިތު ކަރަންގައި ޖާޔާ ވަނީ އޭނާއާއި އައިޝްވާރްޔާއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށް ބުނެފަ އެވެ.
އޭގެ އިތުރުން ވެސް ޖާޔާ ވަނީ އައިޝްވާރްޔާއަކީ ޚުދު މަޝްހޫރު ތަރިއަކަށް ވި ނަމަވެސް އާއިލާ ތެރޭގައި އޭނާއަކީ ވަރަށް ކިޔަމަންތެރި އޭނާއަށްވުރެ އެހެން މީހުން އިސްކުރާ މީހެއް ކަމަށް ބުނެފަ އެވެ.
"އޭނާގެ ހުންނަ މަޑުމޮޅި މިޒާޖު އަހަންނަށް ވަރަށް ކަމުދޭ. ކިތަންމެ މަޝްހޫރު ވިޔަސް އޭނާ ހުންނަނީ އަހަރުމެންނަށްވުރެ ފަހަތުގައި" ޖާޔާ ބުނެފައިވެ އެވެ.
ޖާޔާގެ މި ބުނުމާއެކު ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެގޮތުން ޖާޔާއަކީ ވެސް ހަމަ "ޓިޕިކަލް" މައިދައިތައެއް ކަމަށާއި ދަނބިދަރި ކޮންޓްރޯލް ކުރަން ބޭނުންވާ މަންމައެއް ކަމަށް މީހުން ބުނެ އެވެ.
މަގުބޫލު ޝަހްސިއްޔަތަކަށް ވެހުރެ ޖާޔާ އެ ދައްކުވައިދެނީ ނުރަނގަޅު ނަމޫނާއެއް ކަމަށާއި އެއީ ކައިވެންޏަށް އަޅާ އުމުރުގެ އަންހެން ކުދިންނަށް ދައްކާ ރަނގަޅު މަގެއް ނޫން ކަމަށް އެ މީހުން ބުނެފައިވެ އެވެ.